އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އެކްސަސައިޒް އެކުވެރިން 2018" ގައި ބައިވެރިވުމަށް އިންޑިއާ އަސްކަރިއްޔާ ސިފައިން ރާއްޖެ އަތުވެއްޖެ

"އެކްސަސައިޒް އެކުވެރިން 2018" ގައި ބައިވެރިވުމަށް އިންޑިއާ އަސްކަރިއްޔާ ސިފައިން ރާއްޖެ އަތުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 15 ސިކުންތު

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ "އެކްސަސައިޒް އެކުވެރިން 2018" ގައި ބައިވެރިވާ އިންޑިއާ އަސްކަރިއްޔާގެ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ ސިފައިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

 

މިމަހު 15 އިން 27 އަށް އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ތަމްރީނަކީ އެކްސަސައިޒް އެކުވެރިންގެ 9 ވަނަ ތަމްރީނެވެ. މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 45 ސިފައިންނެވެ. ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް އެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

 

މި ތަމްރީނަކީ ދިވެހިރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އެކްސަސައިޒެކެވެ.

 

މި ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯޓަރ ބޯން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީނުތަކާއި، އަސްކަރީ އިތުރު ތަމްރީނުތަކެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މާފިލާފުށީގެ އިތުރުން ޅ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ބާއްވަމުންދާ، އެކްސަސައިޒް އެކުވެރިންނަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޤައުމެއްގައި ބާއްވަމުންގެންދާ އެކްސަސައިޒެކެވެ. މި އެކްސަސައިޒް މިއަހަރު ދިވެހިރާއްޖޭގައި ބާއްވަމުންދާއިރު، އެންމެ ފަހުން ބޭއްވި "އެކްސަސައިޒް އެކުވެރިން 2017" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ އިންޑިއާގެ މެޑްރާސްގަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ