އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަކަރުން ބިން ހޯދާ މީހުން ޤިޔާމަތަށް ދާންދެން ތިބޭނީ ބިމުގެ އަޑިއަށް ގެނބިގެނބިއެވެ!

މަކަރުން ބިން ހޯދާ މީހުން ޤިޔާމަތަށް ދާންދެން ތިބޭނީ ބިމުގެ އަޑިއަށް ގެނބިގެނބިއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ދުނިޔޭގައި މީހުން ގިނަވުމުގެ ސަބަބުން ބިން މިހާރުވެފައިވަނީ ރަނަށެވެ! ކިތަންމެ ގިނައިން ބިން ލިބުނު ނަމަވެސް ހިތް ފުރޭ މީހަކު ނުއުޅެއެވެ. އަބަދުވެސް އޮންނަނީ އިތުރަށް ބިން ބޭނުންވެފައެވެ. 

މިއީ ހަމަ ރަން ލިބުނު ނަމަވެސް އެކަންވާނެ ގޮތެވެ! ރަނުގެ ފަރުބަދައެއް ލިބުނު ނަމަވެސް އިތުރު ފަރުބަދައަކަށް ބޭނުންވާނެއެވެ! ކަދުރުރުކުގެ ވާދީއެއް ލިބިއްޖެ ނަމަ ދެވަނަ ވާދީއަކަށް އެދޭނެއެވެ! ކިތަންމެ ގިނައިން ލިބުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ! މިއީ ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ. 

ތަޤްވާވެރިން މެނުވީއެވެ! ތަޤްވާވެރިން އަބަދުވެސް ތިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ފުދި އިތުރުވެގެން ޝުކުރުކޮށްގެންނެވެ! 

ނުޙައްޤުން ބިން ހޯދުން ޢާންމުވަމުން އަންނައިރު އެފަދަ މީސްމީހުން މި ޙަދީޘްފުޅަށް ވިސްނައިލާނެ ނަމައެވެ. ޙައްޤު ނޫން ގޮތުގައި މީހެއްގެ އަތުން ކިތަންމެ ކުޑަ ނަމަވެސް ބިންކޮޅެއް ލިބިގެންފި މީހާ ޤިޔާމަތާއި ހަމައަށް ހުންނާނީ 7 ބިމުގެ އަޑިއަށް ގެނބިގެނބި ކަމަށް އޮތް ޙަދީޘްފުޅެވެ. 

(2454) The sin of him who usurps the land of others 

حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، ‏‏‏‏‏‏حَدَّثَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ، ‏‏‏‏‏‏حَدَّثَنَا مُوسَى بْنُ عُقْبَةَ، ‏‏‏‏‏‏عَنْ سَالِمٍ، ‏‏‏‏‏‏عَنْ أَبِيهِ رَضِيَ اللَّهُ عَنْهُ، ‏‏‏‏‏‏قَالَ:‏‏‏‏ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:‏‏‏‏ "مَنْ أَخَذَ مِنَ الْأَرْضِ شَيْئًا بِغَيْرِ حَقِّهِ خُسِفَ بِهِ يَوْمَ الْقِيَامَةِ إِلَى سَبْعِ أَرَضِينَ". قَالَ عَبْدِ اللهِ:‏‏‏‏ هَذَا الْحَدِيثُ لَيْسَ بِخُرَاسَانَ فِي كِتَابِ ابْنُ الْمُبَارَكِ أَمْلاهُ عَلَيْهِم بِالْبَصْرَةِ. 

Narrated Salim's father (i.e. `Abdullah): The Prophet said, Whoever takes a piece of the land of others unjustly, he will sink down the seven earths on the Day of Resurrection.

REFERENCE:

Sahih Al Bukhari 1: Chapter 47, Hadith 2454 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް