އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިނޭކުރަން ޚަރަދުކުރާ މީހާގެ ގައިގައިވެސް، ޒިނޭކޮށްގެން ފައިސާ ހޯދާ އަންހެނުންގެ ގައިގައިވެސް ހުންނާނީ އަލިފާން ހިފާފައެވެ!

ޒިނޭކުރަން ޚަރަދުކުރާ މީހާގެ ގައިގައިވެސް، ޒިނޭކޮށްގެން ފައިސާ ހޯދާ އަންހެނުންގެ ގައިގައިވެސް ހުންނާނީ އަލިފާން ހިފާފައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

ކައިވެނި ކުރުމަކީ ޒިނޭ ނުކުރުމަށް އޮތް މަގެއް ކަމަށް ބުނެވޭކަށް މިއަދަކު ނެތެވެ. އެހެނީ ކައިވެނިކުރުމަށްފަހުގައިވެސް ޒިނޭކުރާ ފިރިހެނުންނާއި އަންހެނުން ދަނީ ގިނަވަމުންނެވެ. ޒިނޭ ކުރުން ދަނީ އިތުރުވެ ޢާންމުވަމުންނެވެ. 

ޒިނޭ ކުރުމަކީ ދުނިޔަވީ ޙަޔާތްވެސް، ޒަވާޖީ ޙަޔާތްވެސް އަދި އާޚިރަތް ވެސް އެންމެ ފަސޭހައިން ގެއްލިގެންދާ އެއް ސަބަބެވެ. އެއީ ކުރަން ފަށައިފިނަމަ އެކަން ކުރަން ދެވިހިފާ ނުބައި އަމަލެކެވެ. އެންމެ ގަދަފަދަ ޢަޒާބު ދެއްވަވާ އެންމެ ބޮޑު އެއް ފާފައެވެ. ކައްވަޅުގައިވެސް އަލިފާނުން ޢަޒާބު ދެއްވަވާ ބޮޑުވެގެންވާ ފާފައެކެވެ. 

ޒިނޭ ކުރެވޭ މީހާވެސް އަދި ޒިނޭ ނުކޮށް ހުންނަ މީހާވެސް ޒިނޭ ނުކޮށް ހުރުމުގެ ސާބިތުކަން ދެއްވެވުން އެދި ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާކުރާށެވެ! އަދި އެގޮތުގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމަށް މަސައްކަތްކުރުމުން އެމީހަކަށް އެ މަގު ﷲ ތަޢާލާ ފަހިކޮށް ދެއްވަވާނެތެވެ! 

ﷲ ތަޢާލާ ދެއްވަވާ ރިޒްޤް ހޭދަކޮށްގެން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުމުން އެމީހަކަށް ﷲ ތަޢާލާ ރިޒްޤް ދެއްވެވުން އުނިކުރައްވަވާކަން ޒިނޭކުރަން ޚަރަދުކުރާ މީހުންގެ ޙަޔާތުގައި ކަންކަން ވަމުންދާ ގޮތް ފެނުމުންވެސް ޔަޤީން ނުކުރެވެނީ ހެއްޔެވެ؟ ރިޒްޤް ދެއްވަވަނީ އެމީހަކު ބަލަހައްޓަން ޖެހޭ މީހުންގެ ބައިވެސް ހިމަނުއްވަވައިގެންނެވެ. އެއަށް ޚިޔާނާތްތެރިވުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހަމަ ނުވިސްނެނީ ހެއްޔެވެ؟ 

ކަމުގެ ނުބައިކަން ބޮޑުކަން ސިފަކޮށްދިނުމުގެ ގޮތުން އަހަރެން ބުނާނީ ޒިނޭކުރަން ޚަރަދުކުރާ މީހުންގެ ގައިގައި ހުންނާނީ އަލިފާން ހިފާފައި ކަމަށެވެ. އަދި ޒިނޭކޮށްގެން ފައިސާ ހޯދާ އަންހެނުންގެ ގައިގައިވެސް ހުންނާނީ ހަމަ އަލިފާން ހިފާފައި ކަމަށެވެ! ޙަރާމް ފައިސާގެ ސަބަބުން ގޮހޮރުގައިވެސް ހުންނާނީ އަލިފާން ހިފާފައެވެ. އެމީހުންގެ ޖާހިލުކަން ބޮޑުކަމުން ހަމަ ނުވެސް އެނގެނީއެވެ. ހޫނުކަން އިޙްޞާޞްވެސް ނުވަނީއެވެ! މާނައަކީ އެއީ ދިރިހުއްޓައި އަލިފާން ހިފާފަދަ ބޮޑު ފާފައެއް ކަމެވެ! 

ޤިޔާމަތްވެ ހިސާބު ބެއްލެވި ނަރަކައަށް ލެއްވެވުމުގެ ކުރިން ކައްވަޅުގައި އެމީހުންނަށް އަލިފާނުން ޢަޒާބު ދެއްވަވާކަން މިކަމުގެ ދަލީލަކަށް ފުދެއެވެ! ބިރުވެތިވެ ތައުބާވުން އަވަސްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް