ހަވީރު 5 ން ރޭގަނޑު 8 އަށް ޢާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށް އެއްވެސް ގަޑިއަކު 3 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހަވީރު 5 ން ރޭގަނޑު 8 އަށް ޢާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށް އެއްވެސް ގަޑިއަކު 3 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށްފި

މާދަމާ 2 އެޕްރިލްވާ ބުރާސްފަތި ދުވަހުން ފެށިގެން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ވެސް ހިމެނޭ ގޮތަށް ހަވީރު 5 ން ފެށިގެން ރޭގަނޑު 8 އަށް މާލެސިޓީގެ މަގުތަކަށްނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އޭޕްރީލް އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ.

މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ. . 

 

ހާލަތުގައި އިސްތިސްނާވާ ފަރާތްތަކަކީ:

ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދުފަހަރު

ޑިޕްލޮމެޓިކް އުޅަނދުފަހަރު

އެމްބިއުލާންސް

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް

ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

 

މިއަދު އޮންލައިން