އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަވީރު 5 ން 6 އަށް ރައްޔިތުން ބައިވެރިކޮށްގެން ދީނީ ޕްރޮގްރާމެއް ގެނެސް ދޭނީ ކޮން ޗެނެލަކުން؟

ހަވީރު 5 ން 6 އަށް ރައްޔިތުން ބައިވެރިކޮށްގެން ދީނީ ޕްރޮގްރާމެއް ގެނެސް ދޭނީ ކޮން ޗެނެލަކުން؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކުގެ ވާހަކަފުޅު ރޭ ހުރި ގޮތުން މިހާރު ފަށާފައިވާ 3 ގަޑިއިރުގެ ކާފިޔުއަކީ ހަމައެކަނި ފަރިތަކޮށްލުމެއް ކަމާއި މިއީ އިތުރު ވަގުތު ކާފިޔު ހިންގަން ޖެހިދާނެ ޙާލަތަކަށް ވަމުން އަންނަ ތައްޔާރީއެއްކަން އެނގިގެންދިއައެވެ. ކޮރޮނާގެ ޙާލަތު އަދި މިފެންނަ ގޮތުން މިއީ އަވަހަކަށް ނިމެން އޮތް ކަމެއް ކަމަކަށްވެސް ނުބެލެވެއެވެ.

މިހާލަތުގައި މާލެ ސިޓީގެ ރައްޔިތުން ހަވީރު 5 އިން ފެށިގެން ގޭގައި ތިބެންޖެހިފައިވާއިރު އެންމެ ފައިދާކުރާނެ އެއް ކަމަކީ ކޮންމެވެސް ޓީވީ ޗެނެލަކުން ރައްޔިތުން ބައިވެރިކޮށްގެން ދީނީ ޕްރޮގްރާމެއް ކުރިއަށް ގެންދިއުންކަމަށް ގިނަ ބައަކު ދެކެއެވެ. އެ ޕްރޮގްރާމަކީ ދިނީ ނަޞޭޙަތް ދިނުމުގެ އިތުރުން ރައްޔިތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން ސުވާލުކުރުމުން ޖަވާބުދީ އޮޅުން ފިލުވައިދޭ ޕްރޮގްރާމަކަށްވުމަށްވެސް އެދެއެވެ.

"މީހަކު ނުބައި ސުވާލެއް ކޮށްފާނެ ކަމަށް ބިރުގަންނާކަށް މިހާރަކު ނުޖެހޭނެ. ސުވާލު ލައިވްކުރުމުގެ ކުރިން އަޑުއަހައިލުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް. މިހާރުވެސް ގިނަ ލައިވް ޕްރޮގްރާމްތައް ލައިވްކުރަމުން ގެންދަނީ އެގޮތަށް!"

ގިނަ ބައަކު ފާހަގަކުރާ ގޮތުގައި ގޭގައި ތިބެން ޖެހިފައިވާ މިފަދަ ވަގުތެއްގައި ސަރތުކާރުން ހިންގާ ދީނީ ޗެނެލުންވެސް ކުރީގެ ރިޕީޓް ޕްރަގްރާމްތައް ދެއްކުމުގެ ބަދަލުގައި އައު ޕްރޮގްރާމްތައް އުފައްދައި ރައްޔިތުން ޝައުޤުވެރިކުރުވޭނެ ގޮތްތަކަށް ހުށަހަޅަން އެބަ ޖެހެއެވެ. މިއީ ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކުރަން އިތުރަށް މަސައްކަތްކުރަން ދީނީ ޗެނެލްތަކަށްވެސް ލިބިފައިވާ ވަރަށް އަގުހުރި ފުރުޞަތެކެވެ.

އިސްލާމިކް މިނިސްޓްރީން މިހާރުވެސް ގެންދަނީ ކޮންމެ ދުވަހަކުވެސް 11 އިން 12 އަށް ޓީވީތަކުން ޕްރޮގްރާމެއް ފޮނުވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް