އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަފްތާއަކު ދެދުވަހު ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމައިފި

ހަފްތާއަކު ދެދުވަހު ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ކައިވެނި ކޮށްދިނުން ފެމެލީ ކޯޓުން މެދުކަނޑާލާފައި އޮތުމަށްފަހު ހަފްތާއަކު ދެދުވަހު ކައިވެނި ކޮށްދިނުމަށް އެކޯޓުން ނިންމައިފިއެވެ.

ފެމެލީ ކޯޓުން ބުނެފައިވަނީ ކައިވެނި ކޮށްދިނުން އަލުން ފަށަން ނިންމީ ކޮވިޑް19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވަނި މިކަމަށް ނިމުމެއް އަންނާނެ ސީދާ ދުވަހެއް ނޭނގޭތީ ކަމަށެވެ.

ކައިވެނި ކޮށްދިނުމުގެއިތުރުން ވަރި ސާބިތުކޮށްދިނުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ފަށަން ނިންމާފައިވާކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު