އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޫމިނާ އަބްދުލްޤައްޔޫމް އަވަހާރަވެއްޖެ!

މޫމިނާ އަބްދުލްޤައްޔޫމް އަވަހާރަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ދައްތާފުޅު މޫމިނާ އަބްދުލްޤައްޔޫމް އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫމިނާ އަވަހާރަވީ ބޮޑު އާލާސްކަންފުޅެއްގައި އުޅުއްވާފައެއް ނޫނެވެ. އުމުރުފުޅުން 80 އަހަރުގައި އަވަހާރަވީއިރު، އެކަމަނާ މާލޭގައި ދިރިއުޅުއްވާ ގޭގައި މިއަދު ހެނދުނުވެސް ހުންނެވީ ހެޔޮހާލުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެގޮތުން މިއަދު ހެނދުނު ސައިފޮދު ބައްލަވައިގެން އޮށޯވެވަޑައިގެންނެވި ކަމަށާއި، ހޭފުޅުލެއްވުން ލަސްވެގެން އެކަމަނާ ހޮސްޕިޓަލަށް ގެންދިޔައިރު އަވަހާރަވެފައިވާ ކަމަށް އާއިލާއިން ވާހަކަދެއްކެވި ބޭފުޅަކު މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ އަވަހާރަވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

ރައީސް މައުމޫނާއި މޫމިނާ އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަކީ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނެވެ. ކުރީގެ ރައީސް ޔާމީނާއި މޫމިނާއަކީ އެއްބަފާ ދެ ބޭފުޅުންނެވެ. މީގެއިތުރުން މޫމިނާއަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މާމާފުޅެވެ.

އައިޖީއެމްއެޗުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު އަސީލް ޖަލީލާއި ވެލެންސިއާގެ ކުރީގެ ހިންގުންތެރިޔާ އަަދީލް ޖަލީލަކީ އެކަމަނާގެ ދެ ބޭފުޅުންނެވެ.

މޫމިނާ އަބްދުލްޤައްޔޫމް އަކީ ގަލޮޅު އަވަށު އޮފިސް ހިންގުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި އެ އަވަށުގެ ތަރައްގީގައި އިސްކޮށް އުޅުއްވި ބޭކަނބަލެކެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

 

މާތް ﷲ އެމަރްޙޫމާގެ ފާފަތައް ފުއްސަވާ، ފުރާނައަށް ހެޔޮ ރަހްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށި. އާމީން.

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ