އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާރާމާރީ ހިންގި މީހުން, އިންނަމާދޫ ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅަނީ

މާރާމާރީ ހިންގި މީހުން, އިންނަމާދޫ ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ރ.އިންނަމާދޫގައި މާރާމާރީ ހިންގި ބައެއްގެ މައްސަލަ ހެއްކާއެކު ހޯޓަށް ހުށަހެޅުމުން އެމީހުން ކޯޓުން ދޫކޮށްލި މައްސަލަ ބަލައިދިނުމަށް ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ޙުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިމައްސަލާގައި ޝާމިލްވާ މީހުންގެ މައްސަލަ ހެއްކާއެކު ފުލުހުން ހުށަހެޅުމުންވެސް އެމީހުން ދޫކޮށްލާފައިވާކަމީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި މިމީހުން ދޫކޮލުމަށް ނިންމެވި މެޖިސްޓްރޭޓުގެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީގައި އެދިވަޑައިގެންފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އިންނަމާދޫގައި ބިދޭސީއަކާ މާމާރީހިންގި ޢުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން މިމަހުގެ 4ވަނަ ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ. މިމައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހަން މިމަހުގެ 5ވަނަ ދުވަހު އިންމާދޫ ކޯޓަށް ގެންދިއުމުން އެދެމީހުންވަނީ ކޯޓުން ދޫކޮށްލާފައެވެ.

މިމާރާމާރީގައި އަނިޔާލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯއާއި، ޑޮކްޓަރުގެ ލިޔުމާއި މަންޒަރުދުށް މީހުންގެ ބަޔާންވެސް ކޯޓަށް ހުށަހަޅާފައިވާނެކަމަށް ފުލުހުން ވިދާޅުވެއެވެ. މިމާރާމާރީގައި އަނިޔާ ލިބިފައިވަނީ ޢުމުރުން 28 އަހަރުގެ ބަންލަދޭޝް މީހަކަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ