އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑްރަގް ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ނެރެނީ!

ޑްރަގް ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ނެރެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު


ޑްރަގް ކޯޓުން ނެރޭ އަމުރުތަށް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްށާފައިވާ ކަމަށް އެ އެކޯޓުން ބުނެފިއެވެ.


މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި


ޑްރަގް ކޯޓުން ބުނީ މޯލްޑިވިސް ކޮމްޕިއުޓަރ ސޮސައިޓީ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުން ފަރުމާކޮށްފައިވާ މި ޕޯރޓަލްގެ ހިދުމަތް ހޯދުމަށް ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުން ކޯޓުގެ ވެބްސައިޓްގެ ކޯޓުއަމުރު ޕޯރޓަލް ގައި ރެޖިސްޓްރީވާންޖެހޭނެ ކަމަށެވެ. އަދި މީގެ އިތުރުން މި ޕޯރޓަލްގައި ރެޖިސްޓާރޑް ފަރާތްތަކަށް އަމުރެއް ނެރޭ ވަގުތުން އެ ފަރާތަކަށް އެސްއެމްއެސް އެލާރޓް ނޮޓިފިކޭޝަން ލިބިވަޑައިގަންނާވާނެ ކަމަށެވެ.



ކޯޓުގެ އެހެން ޚިދުމަތް ދިނުމުގެ ގޮތުން، ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ނުވަތަ ހިދުމަތާއި ގުޅޭކަންކަން ކޯޓަށްހުށަހެޅުމުގެ އިންތިޒާމް ވެސް ވަނީ ޖަމ،ަޖައްސައިފައެވެ.


ކޯޓު އަމުރު ޗެކް ކުރުމަށް ވެބް ސައިޓްގެ ކޯޓު އަމުރު ޕޯރޓަލް: https://ww.drugcourt.gov.mv



މައްސަލަ ހުށަހެޅުއްވުމަށް އީމެއިލް ކުރައްވާނީ :


[email protected]

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް