އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ޚާއްޞަ އިނާމަށް ފަންސާސް ހަތް ފޯމު ހުށަހަޅާފައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ޚާއްޞަ އިނާމަށް ފަންސާސް ހަތް ފޯމު ހުށަހަޅާފައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

 

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް 57 ފޯމު ހުށަހަޅާފައިވާކަން ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހާމަކުރައްވައިފިއެވެ.

އިނާމަށް ހުށަހެޅި ފަރާތްތައް އިނާމަށް ޝަރުޠު ހަމަވޭތޯ ބެއްލެވުމާއި، ފޯމުތައް ދިރާސާ ކުރެއްވުމުގެ މަސައްކަތް އެކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. ޚާއްޞަ އިނާމު މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ގިންތިއަކުންނެވެ. ޚާއްޞަ އިނާމަށް މިއަހަރު ހުށަހެޅި 57 ފޯމު ހުށަހަޅާފައިވަނީ މިދެންނެވި 4 ގިންތީގެ ތެރެއިން 3 ގިންތިއަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު