އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަސަދަވެރިންގެ ވާހަކަތަކަށް ކަންބޮޑުވާން ވަގުތު ބޭކާރުނުކޮށް ކުރަންވީ ކަންތައް ﷲ މިވަނީ އަންގަވާފަ! ޢަމަލުކޮށް ކުރި ހޯދާ!: މުފްތީ މެންކް

ހަސަދަވެރިންގެ ވާހަކަތަކަށް ކަންބޮޑުވާން ވަގުތު ބޭކާރުނުކޮށް ކުރަންވީ ކަންތައް ﷲ މިވަނީ އަންގަވާފަ! ޢަމަލުކޮށް ކުރި ހޯދާ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

މިއަދު އެންމެ ގިނަ ބައަކު އެންމެ ގިނަ ވަގުތުތައް ހޭދަކުރަނީ އެހެން މީހުން ތިމާ އާއިމެދު ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުމުގައެވެ. ފަތުރާ ވާހަކަތަކަށް ރައްދު ދިނުމަށާއި އަޅުވާ އިލްޒާމްތަކުން ދިފާޢުވާން މަސައްކަތްކުރުމުގައެވެ. 

ޙަޤީޤަތަށް ބަލައިފިނަމަ އެހެން މީހުން ދައްކާ ވާހަކަތަކަށް ރައްދުދީ އެވާހަކަތައް ދޮގުކުރަން މަސައްކަތްކުރުމުގައި ވަގުތުތައް ހޭދަކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެމީހުން ފަތުރާ ދޮގު ވާހަކަތަކުން ދެ ދުނިޔޭގައިވެސް ތިބާއަށް ކުރާނީ ފައިދާއެވެ. ހަމައެކަނި ކުރަންވީ ކަމަކީ ތިމާ ސީދާމަގުގައި ސާބިތުވެ ހުރުމެވެ. 

ހަނދާނަށް ގެންނާށެވެ! މައްކާގެ މުޝްރިކުން ރަސޫލް (ޞޢވ) ގެ އިސްތަށިފުޅުގައި ނުއަޅުވަީ ކޮންކަމެއް ހެއްޔެވެ؟ ނުކުރަނީ ކޮން މަލާތެއް، ފުރައްސާރައެއް ހެއްޔެވެ؟ ކުރަން މަސައްކަތް ނުކުރަނީ ކޮން އަނިޔާއެއް ހެއްޔެވެ؟ ޤަތުލުކޮށްލަން ނުއުޅޭ ހެއްޔެވެ؟ ނަތީޖާޢަކީ ކޮބައިހެއްޔެވެ؟ ގެއްލެނިވެގެންދިއައީ ކޮންބައެއް ހެއްޔެވެ؟ 

އެހާލުކޮޅުގައި ﷲ ތަޢާލާ ރަސޫލް (ޞޢވ) އަށް ވަހީކުރެއްވެވި ފަރުވާއަކީ އެކަމަށް އޮތް އެންމެ ބޮޑު ޙައްލެވެ. ފަރުވާއެވެ. އެކަމުގެ ފައިދާ އަހަރެމެންނަށް ވެސް އޮތީ ހަމަ ޙާޞިލުކުރެވޭށެވެ! އެހެނީ ކީރިތި ޤުރްއާނުގައި އެކަން ބަޔާންކުރައްވަވާފައި އެވަނީ ހަމަ އަހަރެމެންވެސް އެކަމުން ފައިދާ ލިބިގަތުމަށެވެ. 

ﷲ ތަޢާލާ ވަޙީކުރެއްވެވީ ތަސްބީޙް ވިދާޅުވުން ގިނަކުރެއްވެވުމަށާއި ސަޖިދަކުރެއްވެވުން ގިނަކުރެއްވެވުމަށެވެ. މާނައަކީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރުމާއި ކިޔަމަންތެރިކަން އަދާކުރުން ގިނަކުރުމެވެ. އިތުރަށް ކުއްތަންވުމަށް މަސައްކަތްކުރުމެވެ. 

މީހުން ދައްކާ ވާހަކަތަކަށް ކަންބޮޑުނުވާށެވެ! ﷲ ތައާލާ އަންގަވާފައިވާ މަގުން ޢަމަލުކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ހުރިހާ ކަމެއް އެވަނީ ޙާޞިލުކުރެވިފައެވެ. ދުނިޔެއާއި ޢާޚިރަތް އެވަނީ ލިބިގަނެވިފައެވެ. ވީމާ އެހެން މީހުން ދައްކާ ވާހަކަތަކަށް ކަންބޮޑުވާން ވަގުތުތައް ބޭކާރުނުކޮށް ތަސްބީޙް ކިޔުމާއި ސަޖިދަކުރުން ގިނަކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް