އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަޙްމަތާއިއެކު މެނުވީ ހިތްދަތިކަން، ދަތި އުނދަގޫ ޙާލަތެއް ކުރިމަތިނުވާނެކަން ޤުރްއާނުން - ޢަމަލުކުރަންވީ މަގު!

ރަޙްމަތާއިއެކު މެނުވީ ހިތްދަތިކަން، ދަތި އުނދަގޫ ޙާލަތެއް ކުރިމަތިނުވާނެކަން ޤުރްއާނުން - ޢަމަލުކުރަންވީ މަގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ހިތްހަމަޖެހުމާއި ލުއިފަސޭހަކަން ލިބިގެންދާނީ މުޞީބާތަކަށްފަހުގައި ކަމަށެވެ. ނަމަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ މުޞީބާތާއިއެކުގައިވެސް، ނުވަތަ ދަތި އުނދަގޫކަމަކާއިއެކުގައިވެސް ފަސޭހަކަން މިންވަރުކުރައްވަވާފައިވާ ކަމަށެވެ. ވީމާ މިއީ މުޅިން ތަފާތު 2 މާނައެކެވެ. 

إِنَّ مَعَ ٱلْعُسْرِ يُسْرًا

"ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއިއެކު ފަސޭހަކަންވެއެވެ." (އައްޝަރްޙި: 6) 

މިއާޔަތުން އެނގިގެންދަނީ އެއް ދޮރު ބަންދުކުރައްވަވާއިތުރު ދޮރުތައް ހުޅުއްވަވައިދެއްވަވާނެކަމެވެ. އެއްކަމަކުން ދަތިކުރައްވަވާއިރު އިތުރު ރަހްމަތަތއް ިންވަރުކުރައްވަވާފައިވާނެކަމެވެ. ވީމާ އަހަރެމެންނަށް އޮތީ ކުރިމަތިވި ދަތިއުނދަގޫ ހާލަތުން ސަލާމަތްވެވެންދެން އިންތިޒާރުކުރުމެއް ނޫނެވެ. އެކަމުގެ އިންތިޒާރީގައި ތިބޭއިރުވެސް އެދަތިކަމާއިއެކު ﷲ ތަޢާލާ ފޮނުއްވެވި ރަޙްމަތް ހޯދަން މަސައްކަތްކުރުމެވެ. އެކަން ދެނެގަންނަން މަސައްކަތްކުރުމެވެ. 

މިއާޔަތާއިމެދު ވިސްނައިލުމުން އެނގެނީ ދަތިއުނދަގޫތައް ކުރިމަތިކުރައްވަވަނީ ރަޙްމަތް އިތުރުކުރައްވަވަން ކަމެވެ. މުއުމިނުން ނިކަމެތި ނުކުރައްވަވާނެކަމެވެ. މާޔޫސްވެ ގޮތް ހުސްވެގެން އުޅެން ނުޖެހޭނެ ކަމެވެ. 

ވީމާ ނަޞޭޙަތަކީ ދަތިއުނދަގޫ ޙާލަތެއް ކުރިމަތިވުމުން އެހާލަތާއި ގުޅިގެން ދެއްވަވާނެ ލުއިފަސޭހަކަން، އުފާވެރިކަން ދެއްވެވުން އެދިދުޢާކުރާށެވެ! އެލުއިފަސޭހަކަން ލިބެން އޮތް މަގު ދައްކަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އެމީހަކަށް ލުއިފަސޭހަކަން މިންވަރުކުރައްވަވައި ދެއްވާނެތެވެ! ޓަކިޖަހަންވީ ދޮރުތައް އަންގަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް