އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗް.ޑީ.ސީން ހުޅުމާލޭގައި ބާއްވާ ވޮލީ ޗެމްޕިއަންޝިޕް މިއަދު ހަވީރު އިފްތިތާޙް ކޮށްފި

އެޗް.ޑީ.ސީން ހުޅުމާލޭގައި ބާއްވާ ވޮލީ ޗެމްޕިއަންޝިޕް މިއަދު ހަވީރު އިފްތިތާޙް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

އެޗް.ޑީ.ސީގެ ފަރާތުން ހުޅުމާލޭގައި ބާއްވާ މައި ހުޅުމާލޭ ޕާކް ވޮލީ ޗެމްޕިއަންޝިޕް މުބާރާތް މިއަދު ހަވީރު ވަނީ ރަސްމީކޮށް އިފްތިތާޙް ކޮށްފައެވެ.

 މިކަމަށް ހުޅުމާލޭ ޔޫތް ޕާކް ސަރަހައްދުގައި ބޭއްވުނު ޙާއްޞަ ރަސްމިއްޔާތުގައި މުބާރާތް އިފްތިތާޙްކޮށްދެއްވައިފައި ވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއެވެ. މިރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ ބޯޑް މެމްބަރުންގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.

ކޮންމެ އަހަރަކުވެސް ހުޅުމާލޭގެ ދިރިއުޅޭ ގިނަ ފަރާތްތަކަކަށާއި ހުޅޫމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތުގައި މިފަހަރު ޖުމްލަ 19 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ކޮންމެ އަހަރަކުވެސް ވަކި ތީމްއެއް ކަނޑައެޅިގެން ބޭއްވޭ މި މުބާރާތުގައި މި ފަހަރުގެ ތީމް އަކަށް ކަނޑައަޅާފައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އިން ފައްޓާވާފައިވާ ގެވެށި ގުޅުން ކެމްޕޭންގެ ދަށުން "ޓުގެދަރ ވީ ކެން އެންޑް ޑޮމެސްޓިކް ވައަލަންސް" އެވެ.

މިމުބާރާތް އިފްތިތާޙް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ޖެންޑަރ ޢާއިޝަތު މުޙައްމަދުދީދީ ވަނީ ގެވެށި އަނިޔާ ހުއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވިދާޅުވެފައެވެ. އަދި އެޗް.ޑީ.ސީ އިން އިސްނަންގަވައިގެން މިފަދަ މުބާރާތެއްގައި މި ކެމްޕޭންގެ މުހިއްމު މެސެޖްތަކެއް އާއްމުނާއި ހަމައަށް ފޯރުކޮށްދޭތީ އެކަމަށް ޝުކުރު ދަންނަވާފައެވެ.

އަދި މިރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝުހެއިލް އަޙްމަދު ވަނީ މިފަދަ އިތުރު ކުޅިވަރުގެ ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެ ޒިޔާރަތް ކުރައްވާ ބޭފުޅުންނަށްޓަކާއި ކުރިއަށް ރޭވިފައި ހުރިކަން ފާހަގަ ކުރައްވާ، މި މުބާރާތުގެ ތީމް ކަމުގައިވާ އެންމެން ގުޅިގެން ގެވެށި އަނިޔާ ހުއްޓުމަށް މައްސަކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އަންހެން އަދި ފިރިހެން ޑިވިޝަންއަށް ހުޅުވާލެވުނު މިމުބާރާތް 4 ދުވަހަށް ދިގު ދެމިގެން ދާއިރު، މި މުބާރާތުގެ ފައިނަލް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު