މަޝްހޫރު ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޫސްވެރިއަކު ސުވާލު ކުރުމުން މައިކް އަތުލުމަށްފަހު ކޯރަށް އެއްލާލައިފިއެވެ.
ޕޯޗްގަލްގެ މަންހާ ޓީވީން ބުނީ ހެނދުނު ކުޅުންތެރިން ބޭރަށް ނުކުމެ އުޅޭއިރު ހުަރަހަކާ ނުލައި ސުވާލުކުރުމަކީ ޢާންމުކަމަކަށްވާތީ ރޮނާލްޑޯ އާއިވެސް ސުވާލުކުރީ ކަމަށެވެ.
"އަހަރެމެންގެ ނޫސްވެރިން ރިއަލް މެޑްރިޑް އާ ޕޯޗްގަލްގެ ގެ ތަރިއާ ސުވާލުކުރީ ބުދަ ދުވަހު ހަންގަރީ އާއިއެކު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ތައްޔާެވެފައިވާ މިންވަރަކާއިމެދު."
މަންހާ ޓީވީން ބުނީ ރޮނާލްޑޯ ފަދަ އިސްތަރިން މިފަދަ ކަންކަން ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ. އަދި މިކަމަށްޓަކައި މައާފަށް އެދެންޖެހޭނެ ކަމަށެވެ.
"މިއުޅެނީ މައިކެއް ނެތިގެނެއް ނޫން. ނަމަވެސް މިއީ އަޚްލާޤީ މައްސަލައެއް. ނޫސްވެރިން ސުވާލުކުރާނެ. ޖަވާބު ދޭން ބޭނުން ނެތްނަމަ ނުދިނީމަ ނިމުނީ. ނުޖެހޭނެ މައިކް އަތުލައިގަންނާކަށް."
ޚަބަރާ ގުޅުންހުރި ވީޑިއ ބެއްލެވުމަށް: