ފްލޮރިޑާގެ ނައިޓް ކްލަބެއްގަ ބަޑި ޖެހުމުން 2 ޒުވާނަކު މަރުވެ 14 ޒުވާނަކަށް އަނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ފްލޮރިޑާގެ ނައިޓް ކްލަބެއްގަ ބަޑި ޖެހުމުން 2 ޒުވާނަކު މަރުވެ 14 ޒުވާނަކަށް އަނިޔާވެއްޖެ
އެމެރިކާގެ ފްލޮރީޑާގެ ނައިޓް ކްލަބެއްގައި ބަޑިޖެހުމުން 2 ޒުވާނަކު މަރުވެ 14 ޒުވާނަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

މިހަލާދީފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އެތަނުގައި ކުރިއަށް ގެންދިއައީ ޒުވާނުންގެ ޕާޓީއެއް ކަމަށެވެ. އަދި ހަމަލާ ދީފައިވަނީ ހަފްލާ ތެރެއިން އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށެވެ. ހަމަލާދިން މީހުންނާއި އެކަމާއި ގުޅުން ހުރި މީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފްލޮރުިޑާގައި ހުރި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ނައިޓް ކްލަބަކަށް މުސްލިމަކު ދާދިފަހުން ހަމަލާ ދިނުމުން އެކަން އިންތިހާއަށް ބޮޑު ކަމަކަށް ވަނީ ހަދައިފައެވެ. ނަމަވެސް މިހަމަލާދިނީ މުސްލިމަކަށް ނުވާތީ މިއީ މާބޮޑުކަމަކަށް ނުހަދައެވެ.
މިއަދު އޮންލައިން