ޔުސްރާ މަރްދިނީ- ބޯޓު ފެތުމުން 3 ގަޑިއިރު ފަތައި އެންމެން ސަލާމަތް ކުރުމަށްފަހު އޮލިމްޕިކްސްގައި ފަތަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޔުސްރާ މަރްދިނީ- ބޯޓު ފެތުމުން 3 ގަޑިއިރު ފަތައި އެންމެން ސަލާމަތް ކުރުމަށްފަހު އޮލިމްޕިކްސްގައި ފަތަން
ސީރިޔާއަށް އުފަން ޔުސްރާ މެރްދިނީ އަށް އެންމެ ފުރަތަމަ މަރުދޭން ޖެހުނީ މެދުތެރޭ ކަނޑު ހުރަސްކޮށް ޔޫރަަޕަށް ކުރި ދަތުރުގައި ދަތުރު ކުރި ޑިންގީ ފެތުމުން ޑިންގީ އާއި މީހުން ސަލާމަތުން އައްސޭރިއަކަށް ގެންދިއުމަށެވެ.

ޑިންގީ އައްސޭރިއަށް ގެންދިއުމުގައި ޔުސްރާއަށް އެހީތެރިކަމެއް ލިބުނީ ހަމައެކަނި އޭނާގެ ކޮއްކޮގެ ކިބައިންނެވެ. އެއީ ވެސް ރަނގަޅަށް ފަތަން ދަންނަ އަންހެން ކުއްޖެކެވެ.

އެއިރު އުމުރަކީ 18 އަހަރެވެ. 20 މީހުންނާއިއެކު ޑިންގީ ޔޫރަޕުގެ އައްސޭރިއަކަށް ގެންދިއުމަށް ޔުސްރާ ވަނީ 3 ގަޑިއިރު ކަނޑުގައި ފަތައިފައެވެ. މިއަދު ޔުސްރާއަކީ ބަރލިންވގައި ދިރިއުޅޭ ސީރިޔާގެ ރިފިޔުޖީއެކެވެ.

ރިފިޔުޖީންގެ ތެރެއިން އޮލިިކްސް ތަމްސީލުރާ 10 އެތްލީޓުންގެ ތެރޭގައި ޔުސްރާ ވަނީ ހިމެނިފައެވެ. ޔުސްރާ ފަތާނީ 100 މީޓަރުގެ ބަޓަރފްލައި އަދި ފްރީ ސްޓައިލް ރޭހުގައެވެ.
މިއަދު އޮންލައިން