ރެއާލްގެ ކޮންޓްރެކްޓް ބޭލް އާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ރެއާލްގެ ކޮންޓްރެކްޓް ބޭލް އާކޮށްފި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ނުރައްކާތެރި ވިންގަރ ގެރަތު ބޭލް އެކްލަބުގައި 2022 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މަޑު ކުރުމަށް އެއްބަސްވެ އިއްޔެ ކޮންޓްރެކްޓް އާކޮށްފިއެވެ.


2013 ދުނިޔޭގެ ރެކޯޑް އަގަކަށް ޓޮޓެންހަމް ދޫކޮށް ރެއާލްއަށް ބަދަލުވި ބޭލް ރެއާލްގެ ކޮންޓްރެކްޓް އާކުރީ ކިހާވަރެއްގެ މުސާރައަކަށް ކަމެއް އެކްލަބުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ބޭލް ކޮންްޓްރެކްޓް އާކުރުން ވެގެންދާނީ އޭނާ ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ އިނގިރޭސި ވިލާތުގެ މެންސްޗެސްޓަރ ޔުނައިޓަޑަށް ލިބިގެންދާނެ ބޮޑު ނުތަނަވަސްކަމަކަށެވެ.


ބޭލް ވަނީ ރެއާލްއާއެކު ޗެމްޕިއަންސް ލީގް ދެފަހަރު އަދި ކޮޕަޑެލްރޭ އެއްފަހަރު ކާމިޔާބު ކޮށްފައެވެ. އެހެންނަމަވެސް ސްޕެނިޝް ލަލީގާ އަދި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިއަދު އޮންލައިން