މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯއަށް – ފާގަސަން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯއަށް – ފާގަސަން

ފިފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިއަހަރު ލިބެން ޖެހޭނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމަށް ސަރ އަލެގްސް ފާގަސަން ބުނެފިއެވެ.


ރޮނާލްޑޯގެ ފުރާވަރު އުމުރުގައި އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް ގެނެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ހަދައިދިން ކޯޗް ފާގަސަން ބުނީ ފާއިތުވެދިޔަ އެއްއަހަރު ރޮނާލްޑޯ ހޯދި ވަރުގެ ކާމިޔާބެއް އެހެން ކުޅުންތެރިޔަކަށް ހޯދިފައި ނުވާކަމަށެވެ.


"ފާއިތުވެދިޔަ އެއްހަރު ރޮނާލްޑޯ ހޯދި ކާމިޔާބީތައް ފަޑުކޮށްލެވޭނެ އެހެން ކުޅުންތެރިއެއް ނެތް. އެއްވެސް ޝައްކެއް ނެތް އޭނާއަށް މޮޅު ކުޅުންތެރިޔާގެ މަގާމް ލިބެންޖެހޭނެ" ފާގަސަން ބުންޏެވެ.


ރޮނާލްޑޯ ވަނީ މިއަހަރު ޕޯޗުގަލްއާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައެވެ.


 

މިއަދު އޮންލައިން