ބާސާގެ ކޮންޓްރެކްޓް އާކުރަން މެސީ ދެކޮޅެއް ނުހަދާ

ކިޔުމަށް ހޭދަވާނީ 1މ 4ސ
ބާސާގެ ކޮންޓްރެކްޓް އާކުރަން މެސީ ދެކޮޅެއް ނުހަދާ

ބާސެލޯނާގެ ކޮންޓްރެކްޓް އާކުރަން މެސީ ދެކޮޅު ނުހަދާކަމަށް އެކްލަބުގެ ބައެއް ކުޅުންތެރިންނާއި ހަވާލާދީ ގޯލް.ކޮމްއިން ބުނެފިއެވެ.

ފުޓްބޯޅައިގެ ހަބަރުތައް ގެނެސް ދިނުމަށް މަޝްހޫރު ގޯލް.ކޮމްއިން މިހެން ބުނެފައި މިވަނީ ކޮންޓްރެކް އާކުރަން ބޭނުން ނުވާކަމަށް ބާސާގެ އޮފިޝަލުންނަށް މެސީ އަންގާފައިވާކަމަށް ސްޕެއިނުގެ މަޝްހޫރު ނޫހެއް ކަމަށްވާ މާކާއިން ބުނެފައި ވަނިކޮށެވެ. މާކާއަކީ ބާސާއާ ވާދަވެރި މެޑްރިޑަށް ނިސްބަތްވާ ނޫހެއްކަން ފާހަގަ ކޮށްލެވެއެވެ.

ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ ދެއަހަރު އޮތްއިރު އެކްލަބުން ދަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މެސީ އެކްލަބުގައި ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. ބާސާ ދޫކޮށް ޔޫރަޕުގެ ވަރުގަދަ ކްލަބަކަށް ބަދަލު ނުވާނެކަމަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 5 ފަހަރު ހޯދާފައިވާ މެސީ މީގެ ކުރިންވެސް ވަނީ އެތައް ފަހަރަކު ބުނެފައެވެ.

"ބާސާ ދޫކޮށްލުމަށްފަހު އަހަރެން ޔޫރަޕުގެ ގަދަ ބާރަކާ ނުގުޅޭނަން. ބާސާއިން އަހަރެން ދޫކޮށްލައިފިނަމަ ދާނީ އަމިއްލަ ގައުމަށް. ކެރިޔަރު ނިންމާލުމުގެ ކުރިން ނިއުއޯލްޑް ބޯއީސްއަށް ކުޅެން ބޭނުން" ކުޑައިރު ކުޅުނު ކްލަބަށް ކުޅެން ބޭނުންވާކަމަށް ހާމަ ކުރަމުން މެސީ،29، ބުންޏެވެ.


މިއަދު އޮންލައިން