ސްވެންސީ ބަލިކޮށް ޗެލްސީ ލީގުގެ އެއްވަނާގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި

ކިޔުމަށް ހޭދަވާނީ 2މ
ސްވެންސީ ބަލިކޮށް ޗެލްސީ ލީގުގެ އެއްވަނާގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސްވަންސީ ސިޓީ އަތުން މޮޅުވެ ޗެލްސީ ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭ ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކޮށްފައިވަނީ ސްވެންސީގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނަގާފައިވަނީވެސް ޗެލްސީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑުނަގައިދިން މި ގޯލް ކާމިޔާބުކޮށްދިނީ ސެސް ފެބްރިގާސްއެވެ.

ރޭގެ މެޗުގައި ފެބްރިގާސްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު އޭނާވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ސްވެންސީގެ ގޯލަށް އަމާޒުކޮށްފައެވެ. ރޭގެ މެޗަކީ ޕްރިމިއާ ލީގުގައި ފަބްރެގަސް ކުޅުނު 300 ވަނަ މެޗެވެ.

ފެބްރިގާސްގެ ލަނޑު ޗެލްސީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމްނެދަނިކޮށް މެޗުގެ 2+45 ވަނަ މިނެޓުގައި ފެނާންޑޯލޮރެންޓޭވަނީލަނޑެއްޖަހައިސްވެންސީއަށްމެޗުގެނަތީޖާހަމަހަމަކޮށްދީފައެވެ.

މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި ޕެޑްރޯ ވަނީ ގޯލެއް ޖަހައި ދެވަނަ ފަހަރަށް ޗެލްސީއަށް މެޗުގެ ލީޑުނަގައި ދީފައެވެ. ޗެލްސީއަށް ލީޑު ފުޅާކޮށްދިން ގޯލް މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޯސްޓާއެވެ.

ރޭގެ މި މޮޅާ އެކު ޗެލްސީ އެއް ވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 25 މެޗުން 52 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރު ވަނައިގައި އޮތް އާސެނަލަށް 25 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް މިރޭ ކުޅޭ މެޗުން ސްޓޯކް ސިޓީ އަތުން މޮޅުވެއްޖެނަމަ ޗެލްސީގެ ލީޑު 10 ޕޮއިންޓަށް ކުޑަވާނެ އެވެ.

ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެވަޓަން ވަނީ 2-0 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ. ވެސްޓް ބްރޮމް 2-1 އިން ބޯންމައުތު ބަލިކުރިއިރު، ވަޓްފޯޑާއި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ހަލް ސިޓީ އާއި ބާންލީ ކުޅުނު މެޗު ވެސް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފަ އެވެ.

މިއަދާއި މިރޭވެސް ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މިއަދު ހަވީރު 5:30 ގައި ޓޮޓެންހަމް އާއި ސްޓޯކް ސިޓީހެ މެޗު ކުޅެވޭއިރު މިރޭ ދަންވަރު 12 ޖަހާއިރު ލެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރާ މެޗުވެސް ކުޅެވޭނެއެވެ.

މިއަދު އޮންލައިން