ޕްރިމިއަރ ލީގުގައި 0-4 ގެ ނަތީޖާއަކުން ސްޓޯކް ސިޓީގެ މައްޗަށް ކުރި ހޯދައި ލީގުގެ ދެވަނައަށް ޓޮޓެންހަމް އަރައިފިއެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ހެރީ ކޭން ވަނީ ގޯލެއް ޖަހައި ޓޮޓެންހަމްއަށް މެޗުގެ ލީޑުނަގާދީފައެވެ.
ޓޮޓެންހަމްގެ ދެވަނަ ގޯލު މެޗުގެ 32 ވަނަ މިނެޓުގައި ކޭން ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓްފަހުން އެޓީމުގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދީ ކޭން ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. މިއީ ލީގުގައި ކޭން ކާމިޔާބުކުރި 17 ވަނަ ގޯލެވެ.
ޓޮޓެންހަމްގެ ހަތަރުވަނަ ގޯލު، ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ކޭން ދިން ޕާހަކުން ޑެލެ އަލީއެވެ.
މެޗުގެ ފުރަތަމަ ހާފު ޓޮޓެންހަމްއިން ލީޑުގައި އޮވެ ނިންމާލިނަމަވެސް ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
އެހެން ނަމަވެސް އެ ހާފުގައި ވެސް ޓޮޓެންހަމްއަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.
މި މޮޅާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައިގައި އޮތީ، 53 ޕޮއިންޓާއެކީގައެވެ. ލީގުގެ އެއްވަނައިގައި 63 ޕޮއިންޓާއެކީ ޗެލްސީ އޮތްއިރު، ޓޮޓެންހަމް އަތުން ރޭ ބަލިވި، ސްޓޯކް އޮތީ 32 ޕޮއިންޓާއެކީ ލީގުގެ 10 ވަނައިގައެވެ.
ޕްރިމިއަރ ލީގުގައި މިރޭވެސް ފޯރިގަދަ މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ލިވަޕޫލް އާއި ލެސްޓަ ސިޓީއެވެ. މި މެޗު ފަށާނީ، މިރޭ ރާއްޖެގަޑިން އެކެއް ޖަހާއިރުއެވެ