ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުން ވިޔަރެއާލް ބަލިކޮށް ރެއާލްމެޑްރިޑުންލީގުގެއެއްވަނަމަގާމުދިފާއުކޮށްފިއެވެ.
ރޭ ވިޔަރެއާލްގެ މައްޗަށް ކުރިހޯދުމުން ލިބުނު މޮޅާއެކީ ލީގުގެއެއްވަނައިގައި ރެއާލް އޮތީ ކުޅުނު 25 މެޗުން ލިބުނު 55ޕޮއިންޓާއެކީގައެވެ.
ދެވަނައިގައި އޮތީ ބާސެލޯނާއެވެ. ބާސެލޯނާ ދެވަނައިގައި އޮތީ 54ޕޮއިންޓާއެކުގައެވެ. ލީގުގެ ތިންވަނައިގައި 52 ޕޮއިންޓާއެކީ އޮތީސެވިއްޔާއެވެ.
ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަހާފްގައިގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ އެޓީމުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށްގޯލެއް ނުޖެގި އެއްވަރުވެ އޮވެއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެކުރީކޮޅު މުނޯޒް ވަނީ މެޗުގެ ފުރަތަމަ ގޯލް ޖަހާ ވިޔަރެއާލްއަށްލީޑުނަގާދީގައެވެ. އަދި އޭގެ ހަ މިނެޓްފަހުން ބަކަމްބޫ ވަނީ ވިޔަރެއާލްގެދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
ވިޔަރެއާލްގެ ދެ ގޯލަށްފަހު ރެއާލްއިން ކުޅުން ރަނގަޅުކޮށް މޮޅަށް ކުޅެމުންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައިކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި،ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން، އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މި މެޗުން ރެއާލް މޮޅުވި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ،ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، އަލްވާރޯ މޮރާޓާއެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ އެއިބާއާއެވެ.