ޖޭމީ ވާޑީ ކާމިޔާބު ކޮށްދިން ދެ ގޯލާއެކު ލެސްޓަރ ސިޓީން ވަރުގަދަ ލިވަރޕޫލް ބަލިކޮށްފިއެވެ.
ރޭ ލިވަރޕޫލާ ދެކޮޅަށް ކުޅުނު މި މެޗުން ލެސްޓަރ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
ލެސްޓަރ ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައިި ލެސްޓަރގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ 28 ވަނަ މިނެޓްގައި ޖޭމީ ވާޑީ ވަނީ ގޯލެއް ކާމިޔާބުކޮށް ލެސްޓަރއަށް މެޗުގެ ލީޑުނަގާދީފައެވެ.
ލެސްޓަރގެ ދެވަނަ ގޯލް ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައި ޑްރިންކްވޯޓަރ ކާމިޔާބުކޮށްދިން ހިތްގައިމު ގޯލަކުންނެވެ.
މި ގޯލު އޭނާ ކާމިޔާބުކުރީ، ލިވަެޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.
ދެ ގޯލުގެ ލީޑަކާއެކީ މެޗުގެ ފުރަތަމަ ހާފް ލެސްޓަރއިން ނިންމާލިއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވާޑީއެވެ.
މި ގޯލަށްފަހުވެސް ދެވަނަ ހާފުގައި، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލެސްޓަރއިން ވަނީ ތަނަވަސްކޮށްފައެވެ.
ލިވަރޕޫލްގެ ފަރާތުން ދަށް ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ހަމައެކަނި ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ.
ލެސްޓަރއިން ރޭ ހޯދީ މުހިއްމު މޮޅެއް ކަމަށްވާއިރު މިއީ މިއަހަރު ފެށުނުފަހުން ލީގުގައި، ލެސްޓަރއިން ހޯދިފުރަތަމަމޮޅެވެ.
ރޭގެ މޮޅާއެކީ ލެސްޓަރ މިހާރު އޮތީ، 24 ޕޮއިންޓާއެކީ ލީގުގެ 15 ވަނައިގައެވެ. ލިވަޕޫލް އޮތީ 49 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ. ލީގުގެ އެއްވަނައިގައި 63 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ.
ރޭގެ މެޗަކީ މިދިޔަ ސީޒަނުގައި ލެސްޓާއަށްޕްރިމިއަރލީގުތަށިހޯދައިދިންކޯޗު،ކްލައުޑިއޯރަނިއޭރީ އެ ކްލަބުގެ ކޯޗުކަމުން ވަކިކުރިފަހުން ލެސްޓާއިން ކުޅުނު ފުރަތަމަ މެޗެވެ.
ލީގުގައި ލެސްޓާ ދެން ބައްދަލުކުރާނީ ހަލް ސިޓީއާއެވެ. ލިވަޕޫލް ނިކުންނާނީ އާސެނަލް އާއި ދެކޮޅަށެވެ.