ސްޕެނިޝް ލީގުގައި ރޭ ސްޕޯޓިންގ ގިޙޯންގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައި، ސްޕެނިޝް ލީގުގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ރޭގެ މެޗުން ގިހޯންގެ މައްޗަށް ބާސެލޯނާ ކުރި ހޯދީ 1-6 ގެ ނަތީޖާއިންނެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑުނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. އަދި އޭގެ ދެ މިނެޓްފަހުން، ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.
ބާސާއިން ރަނގަޅަށް ކުޅެމުންދަނިކޮށް، މެޗުގެ 21 ވަނަ މިނެޓްގައި ކާލޯސް ކާސްޓްރޯ ވަނީ، ގިޙޯންއަށް ގޯލެއް ކާމިޔާބުކޮށްދީ، ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން، ސުއަރޭޒް ވަނީ ބާސާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްދީފައެވެ.
ބާސާއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކުރީ ދެވަނަ ހާފްގެ ކުރީކޮޅު ޕަކޯ އަލްކަސާއެވެ. އަދި ބާސާގެ ފަސްވަނަގޯލުމެޗުގެ 65 ވަނަމިނެޓްގައިކާމިޔާބުކޮށްދިނީނޭމާއެވެ. ބާސާގެހަވަނަގޯލު،މެޗުގެ 87 ވަނަމިނެޓްގައިކާމިޔާބުކޮށްދިނީރަކިޓިޗްއެވެ.
ރޭގެ މޮޅާއެކީ ބާސާ ލީގުގެ އެއްވަނައިގައި އޮތީ 57 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައި އޮތް ރެއާލްއަށް ވުރެ، އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބާސާއަށް ވުރެ އެއް މެޗު މަދުންކުޅެ، ލީގުގެ ދެވަނައިގައި ރެއާލް އޮތީ 56 ޕޮއިންޓާއެކީގައެވެ.
ލީގުގައި ބާސާ ދެން ބައްދަލުކުރާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ސެލްޓަ ވީގޯއާއެވެ.