އެފްއޭކަޕްގެ ކުއާޓަރއަށް ސިޓީ ދަތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
އެފްއޭކަޕްގެ ކުއާޓަރއަށް ސިޓީ ދަތުރުކޮށްފި
އިނގިރޭސި އެފްއޭކަޕްގެ ފަސްވަނަ ބުރުގެ ރީޕްލޭ މެޗުން ހަޑަލްސްފީލްޑްގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައި، މުބާރާތުގެ ކުއާޓަރ ފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.
ރޭގެ މި މެޗުން ހަޑަލްސިޓީގެ މައްޗަށް ސިޓީން ކުރިހޯދާފައިވަނީ 1-5 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ހަޑަލްސްފީލްޑުންނެވެ. މި ގޯލު މެޗުގެ ހަތްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ހެރީ ބަންއެވެ.
މި ގޯލާއެކީ ސިޓީ ޕުރެޝަރަށް ވެއްޓިގެން ދިޔައިރު އެޓީމުން ދިޔައީ ކުޅުން ވަރުގަދަކޮށް ހަޑަލްސްފީލްޑްގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ގިނަ ހަމަލާތަކެއް ފޮނުވަމުންނެވެ.

އެގޮތުންމެޗުގެ 30 ވަނަމިނެޓްގައިލީރޯއިސާނޭވަނީސިޓީއަށްގޯލެއްކާމިޔާބުކޮށްދީ ނަތީޖާއެއްވަރުކޮށްދީފައެވެ. ސާނޭގެމިގޯލަށްފަހުއޭގެފަސްމިނެޓްފަހުންސިޓީއަށްލިބުނުޕެނަލްޓީއަކުން ސާޖިއޯ އަގުއެރޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕަބްލޯ ޒަބަލެޓާ ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު، ސިޓީއަށް ފުޅާކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ސިޓީން ލީޑުގައި އޮވެ ނިންމާލިއިރު މެޗުގެ ފަހުހާފަށް ކުޅެން ނިކުމެ މެޗުގެ ހަތަރުވަނަ ގޯލު ސިޓީން ޖަހާފައިވަނީ 73 ވަނަ މިނެޓްގައި އަގުއެރޯއެވެ. މިއާ ވިދިގެން އެޓީމުގެ ފަސްވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ.

މި މޮޅާއެކު ސިޓީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައިވާއިރު ކުއާޓާފައިނަލްގައި ސިޓީ ބައްދަލުކުރާނީ މިޑިލްސްބޮރޯއާއެވެ.
އެމެޗުކުޅެވޭނީމިމަހުގެ 11 ވަނަވީހޮނިހިރުދުވަހުއެވެ

މިއަދު އޮންލައިން