ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ އެއިބާއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ.
އެއިބާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރެއާލްއިން މޮޅަށް ކުޅެމުން ގެންދިޔައިރު 14 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ވަނީ ލަނޑެއް ޖަހާ ރެއާލްއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން 25 ވަނަ މިނެޓުގައި އެޓީމަށް ދެވަނަ ލަނޑެއްވެސް ޖަހައިދީ މެޗުގެ ލީޑު ފުޅާކޮށްދިނީވެސް ބެންޒެމާ އެވެ.
ރެއާލްއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމޭސް ރޮޑްރިގޭޒްއެވެ.
ފުރަތަމަ ހާފް ރެއާލްއިން ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުގައެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން ވެސް ރެއާލްއިން މޮޅަށް ކުޅެމުން ގެންދިޔައިރު މެޗުގެ 60 ވަނަ މިނެޓުގައި މާކޯ އެސެންސިއޯ ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 25 މެޗުން ލިބުނު 59 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލިވި އެއިބާ އޮތީ ކުޅުނު 26 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.