ގްރީޒްމަންގެ ލަނޑުތަކުން އެތުލެޓިކޯ ހަތަރު ވަނައަށް.

ކިޔުމަށް ހޭދަވާނީ 1މ 17ސ
ގްރީޒްމަންގެ ލަނޑުތަކުން އެތުލެޓިކޯ ހަތަރު ވަނައަށް.
ސްޕެނިޝް ލީގުގައި ރޭ އެންޓޮއިން ގްރީޒްމަންގެ ލަނޑުތަކާ އެކު މޮޅުވެ އެތުުލެޓިކޯ މެޑްރިޑް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ މެޗުން އެތްލެޓިކޯ މެޑްރިޑު މޮޅުވީ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗު 0-3 ގެ ނަތީޖާއިންނެވެ. މިފަހަރުގެ ސީޒަންގެ ކުރީކޮޅު އެތުލެޓިކޯގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަނަމަވެސް މިހާރު އެޓީމުގެ ފަރާތުން ފެންނަނީ މޮޅުކުޅުމެކެވެ.

އެގޮތުން ރޭ ވެލެންސިއާ އަތުން ހޯދި މޮޅާ އެކު އެތުލެޓިކޯ ލީގުގެ ހަތަރު ވަނައަށް ޖެހިލީ 26 މެޗުން 49 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުގައި އެތުލެޓިކޯގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު އެޓީމު މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ މެޗުގަ މޮޅުކުޅުމެއް ދެއްކި އެންޓޮނީން ގްރީޒްމަންއެވެ.

ރޭގެ މެޗުގައި ގްރީޒްމަންގެ ދެ ލަނޑާއެކު މޮޅުވެ ލީގުގެ ތިންވަނައަށް ޖެހިލިއިރު ރޭގެ ދެ ލަނޑާ އެކު ގްރީޒްމަން ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ.

ރޭގެ މެޗުގައި އެތްލެޓިކޯއިން ޖެހި އަނެއް ލަނޑަކީ ފޯވާޑް ކެވިން ގަމޭރޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ސީޒަނަށް ފަހު އެތުލެޓިކޯ ދޫކޮށް ޔުނައިޓެޑަށް ބަދަލުވާން އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުންގެންދާ ގްރީޒްމަން މިފަހަރުގެ ސިޒަނުގައި އަންނަނީ ތަފާތު މޮޅުކުޅުމެއް ދައްކަމުންނެވެ.

ރޭގެ މެޗުން މޮޅުވެ ލީގުގެ ތިންވަނައަށް އެތްލެޓިކޯ މެޑްރިޑު ޖެހިލިއިރު ލީގުގެ އެއްވަނައިގާ 60 ޕޮއިންޓާއެކު މިވަގުތި އޮތީ ބާސާ އެވެ. ދެވަނާގައި 59 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ. ރެއާލް ދެވަނާގައި އޮތީ ބާސާ އަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
މިއަދު އޮންލައިން