އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
މެންޗެސްޓަރ ޔުނައިޓެޑުގެ ތަޖުރިބާކާރު ފޯވަރޑް ޒަލަޓާން އިބުރަހިމަވިޗް އިނގިރޭސި އެފްއޭއިން ތިން މެޗަށް ސަސްޕެންޑު ކޮށްފިއެވެ.

އިބުރަހިމަވިޗް ސަސްޕެންޑުކުރީ އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުން ބޯންމައުތް އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާއި ޚިލާފު ކަންތައްތަކެއްގެ ސަބަބުންނެވެ.
1-1 ގެ ނަތީޖާއަކުން އެއްވަރުވި އެ މެޗުގައި ބޯންމައުތްގެ ޓީރޯން މިންގސް އާއި އިބްރަހިމޮވިޗް އާއި ދެމެދު ވަނީ ބޯޅަ ނެތީސް ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެގޮތުން އިބްރަހިމޮވިޗްގެ ބޮލަށް، މިންގސް ފައިން އެރިއިރު، އިބްރަހިމޮވިޗް ވަނީ އޭގެ އިރުކޮޅެއްފަހުން، އުޅަނބޮށިން މިންގްސްއަށް ހަމަލާދީފައެވެ.

އިބްރަހިމޮވިޗަށް އިނގިރޭސި އެފްއޭއިން ތިން މެޗަށް ސަސްޕެންޑްކުރިއިރު މިންގްސްއަށް ދޭނެ އަދަބެއް އެފްއޭއިން އަދި ކަނޑައަޅާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އޭނާއަށް، ފަސް މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.

އިބްރަހިމަވިޗަށް އިނގިރޭސި އެފްއޭއިން ދިން މި އަދަބުގެ ސަބަބުން މިމަހުގެ 14 ވަނަ ދުވަހު ކުޅޭ އެފްއޭކަޕްގެ ކުއާޓަރ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗާއި ޕްރިމިއަރލީގުގައިވެސްޓްބްރޮމްއާއިމިޑިލްސްބޮރޯއާއިދެކޮޅަށް،ޔުނައިޓެޑުންކުޅޭމެޗުތަކުގައިއިބްރަހިމޮވިޗްއަށްނުކުޅެވޭނެއެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް އިބްރަހިމޮވިޗް ދައްކަމުން އަންނައިރު އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް 15 ގޯލު ކާމިޔާބުކޮށްފައެވެ. އިބްރަހިމަވިޗަކީ އެންމެ ފަހުން އިނގިރޭސި ލީގުކަޕް މެންޗެސްޓަރ އިން ކާމިޔާބުކުރިއިރު އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާވެސް މެއެވެ.

މިއަދު އޮންލައިން