ޔޫއެފަރ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުން 1-5 ގެނަތީޖާއަކުންއާސެނަލްބަލިކުރުމަށްފަހު،މުބާރާތުގެކުއާޓަރ ފައިނަލަށްބަޔާންމިއުނިކްދަތުރުކޮށްފިއެވެ.
ނިމިގެން ދިޔަ ހަފްތާގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުވެސް 1-5 ގެނަތީޖާއަކުންބަޔާންއިންވަނީކާމިޔާބުކޮށްފައެވެ. އެހެންކަމުންމުބާރާތުގެކުއާޓާއަށްބަޔާންދަތުރުކުރީ 2-10 ގެއެގްރިގޭޓްނަތީޖާއަކުންނެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 20 ވަނަ މިނެޓްގައި ތިއޯ ވޮލްކޮޓް ވަނީ ގޯލެއް ކާމިޔާބު ކޮށް މެޗުގެ ލީޑު އާސެނަލްއަށް ނަގާދީފައެވެ.
މި ގޯލަށްފަހުވެސް، އާސެނަލްއިން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ވަނީ ލިބިގެން ގޮސްފައެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަ ހާފު އާސެނަލް ލީޑުގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މެޗުގެ 55 ވަނަ މިނެޓުގައެވެ.
ބަޔާންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން، ރޮބަޓް ލެވެންޑޯސްކީއެވެ. މި ޕެނަލްޓީ ބަޔާންއަށް ލިބުނީ ލެވެންޑޯސްކީއަށް، އާސެނަލްގެ ޑިފެންޑަރު ކޮޝެލްނީ، ކުރި ފައުލަކާއި ގުޅިގެންނެވެ. އަދި މި ފައުލްއާ ގުޅިގެން ރެފްރީ ވަނީ ކޮޝެލްނީއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އެއްކުޅުންތެރިއަކު މަދުކޮށް ފަހުހާފުގެ ބޮޑުބައި އާސެނަލްއިން ފުރިހަމަކުރަން ޖެހުނުއިރު، މެޗުގެ 68 ވަނަ މިނެޓްގައި، ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ، އާޔަން ރޮބެންއެވެ. ބަޔާންގެ ތިންވަނަ ގޯލު މެޗުގެ 78 ވަނަ މިނެޓްގައި، ޑަގްލަސް ކޮސްޓާ ކާމިޔާބުކޮށްދިންއިރު، ބަޔާންގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ، އާޓޫރޯ ވިޑާލްއެވެ.
ރޭގެ މެޗުން ބަލިވުމުން އާސެނަލްއަށް މުބާރާތް ނިމިފައިވާއިރު، މިއީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބަޔާން އަތުން އާސެނަލް ކެޓި ތިންވަނަ ފަހަރެވެ. އަދި މިއީ ބަޔާންއިން މި މުބާރާތުގެ ކުއާޓަރއިން ޖެހިޖެހިގެން ޖާގަ ހޯދި 16 ވަނަ ފަހަރެވެ.