އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗު 1-2 ލަނޑުން ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑަކާއެކު ޔުވެންޓަރސްއިން ހަމަޖެހިލައިފިއެވެ.
ޔުވެންޓަރސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ގޯލް ޖަހާ މެޗުގެ ލީޑުނެގީވެސް ޔުވެންޓައިންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރ މުއްތަޤީ ބެނާޓީއެވެ.
އެހެންނަމަވެސް އޭސީ މިލާނުގެ ކާލޮސް ބެނާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފުނިމުނުއިރު، ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހަލުވި އަދި ވާދަވެރި ކުޅުމެކެވެ. އެހެންނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ޖަހާނެ މާ އޯޕަން ފުރުސަތެއް ލިބިފައެއްނުވެއެވެ.
ޔުވެންޓަރސްއަށް ތިންޕޮއިންޓު ކަށަވަރުކޮށްދިން ގޯލް ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ހަތް މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޑިބާލާއެވެ.
މި ނަތީޖާއާ އެކު ޔުވެންޓަރސް ލީގުގެ އެއްވަނައިގާ އޮތީ ކުޅުނު 28 މެޗުން ލިބުނު 70 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ބަލިވި މިލާން އޮތީ 50 ޕޮއިންޓާއެކު ލީގުގެ 7 ވަނައިގައެވެ.
ލީގުގެ ދެވަނައިގައި 59 ޕޮއިންޓާ އެކު އޮތީ ރޯމާ އޮތް އިރު، ތިންވަނާގައި 57 ޕޮއިންޓާ އެކު އޮތީ ނަޕޯލީއެވެ.
ޔުވެންޓަރސް ދެން އެންމެ އަވަހަށް ކުޅޭނީ ޔޫއެފަރ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިމަހުގެ 15 ވަނަ ދުވަހު ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗެވެ.