މިރޭ އަމިއްލަ ރަށުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑު އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޒިދާން ބުނީ ރެއާލް މެޑްރިޑުގެ ހުރިހާ ކުޅުންތެރިންވެސް މުޅިން ފިޓް ކަމަށާއި އެގޮތުން ޓީމް އޮތީ އެންމެ ފުރިހަމައަށް މިރޭގެ މެޗަށް ތައްޔާރަށް ކަމަށެވެ.
އޭނާ ބުނީ ރެއާލް ގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ އާއި ބެންޒެމާ އަދި ބޭލް މިރޭގެ މެޗަށް މުޅިން ފިޓް ކަމަށާއި އެހެން ކަމުން މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.
އިތުރަށް ވާހަކަދައްކަމުން ޒިދާން ބުނީ މިހާރު ހާލަތު އޮތް ގޮތުން ކޮންމެ މެޗަކީވެސް މުހިންމު މެޗެއް ކަމަށާއި އެއްމެ މެޗަކުންވެސް ބަލިވުމަކީ އެދެވޭ ކަމެއް ނޫންކަމަށެވެ.
އޭނާ ބުނީ މިހާރު ލީގުގެ ވާދަވެރިކަން މިހާ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކޮންމެ މެޗަކަށްވެސް ކުރިމަތިލާނީ މޮޅުވުމަށް ކަމަށާއި އެގޮތުން މޮޅެއް ނޫން އެއްޗެއް މިހާރު ގަބޫލް ކުރެވެން ނެއްކަމަށެވެ.
" މިހާރު ލީގުގެ ވާދަވެރިކަން އިންތިހާއަށް ބޮޑު. ލީގު ކާމިޔާބުކުރަން ބޭނުން ނަމަ އެއްވެސް މެޗަކުން ބަލިވެގެން ފުއްދާލެވޭކަށް ނެއް. އެހެން ކަމުން މިރޭގެ މެޗުންވެސް މޮޅުވަން މެކްސިމަމް ދައްކަން ޖެހޭ". ރެއާލްގެ ކޯޗު ޒިދާން ބުންޏެވެ.
މިރޭގެ މެޗަށް ރެއާލް ނިކުންނައިރު އެޓީމު މިވަގުތު އޮތީ 59 ޕޮއިންޓާއެކު ލީގުގެ ދެވަނާގައެވެ. ތިންވަނާގައި އެއްވަނާގައި ރެއާލްއަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން 60 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ.
ތިންވަނާގައި 57 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ.