މިރޭގެ މެޗަށް ނިކުންނައިރު ޑިޕޯޓިވޯއަށް އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަ ބޮޑު: މެލް

ކިޔުމަށް ހޭދަވާނީ 1މ 43ސ
މިރޭގެ މެޗަށް ނިކުންނައިރު ޑިޕޯޓިވޯއަށް އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަ ބޮޑު: މެލް
ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ މައްސަލަ ކުރިމަތިވެ ޑޮޕޯޓިވޯ ލަކްރޫނިއާގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވޭނެ ކަމަށް އެޓީމުގެ ކޯޗު ޕެޕޭ މެލް ބުނެފިއެވެ.

މިރޭ ސްޕެއިންގެ ވަރުގަދަ ބާރު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން މެލް ބުނީ މިރޭގެ މެޗަށް ޑިޕޯޓިވޯ ނިކުންނައިރު ޓީމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި އެހެން ކަމުން އެކަމާ ކަންބޮޑުވާކަމަށެވެ.

މެލް ބުނީ މިރޭގެ މެޗުގައި އަނިޔާއާއި ސަސްޕެންޑުގެ ސަސަބުން ޖުމްލަ ފަސް ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށާއި އޭގެ ތެރޭގައި މުޅިންވެސް ތިބީ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިންކަމަށެވެ.

މެލް ހާމަކުރި ގޮތުގައި މިރޭގެ މެޗުގައި ނުކުޅެވޭނެ ކުޅޫންތެރިންގެ ތެރޭގައި ޑިފެންޑަރ ސިޑްނީ ރިޗެލް އާއި ފޯވާޑް ގެއިލް ކަކުޓާ، މިޑްފީލްޑަރ ގުއިލެމޯ ޑޮސް ސަންޓޯސް، ފޯވާޑް ފްލޮރިން އެންޑޮން އަދި މިޑްފީލްޑަރ ޕެޑްރޯ މޮސްކީރޭ ހިމެނެއެވެ.

މީގެ ތެރެއިން ފޯވާޑް ފްލޮރިން އެންޑޮން އަދި މިޑްފީލްޑަރ ޕެޑްރޯ މޮސްކީރޭ އަށް ނުކުޅެވެނީ ސަސްޕެންޑުގެ ސަބަބުންނެވެ.

މެލް ބުނި ގޮތުގައި މި ކުޅުންތެރިންނަށް ނުކުޅެވުމުގެ ސަބަބުން ޓީމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް މަސައްކަތް ކުރާނީ މޮޅަކަށް ކަމަށެވެ.

މިރޭގެ މެޗަށް ނެރޭނީ އެންމެ ފިޓް އެގާރަ ކަމަށާއި އުންމީދަކީ ބާސާއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށްކަމަށް މެލް ބުންޏެވެ.

" މިރޭގެ މަޗަކީ މޮޅުވުން އުނދަގޫ މެޗަކަށް ވާނެ، ބާސާކަހަލަ ޓީމަކާއި ދެކޮޅަށް ކުޅުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެހެން ނަމަވެސް އުންމީދަކީ މޮޅުވުން". މެލް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޑިޕޯޓިވޯ އޮތީ 24 ޕޮއިންޓާއެކު ލީގުގެ 17 ވަނާގައެވެ. މިރޭގެ މެޗަކީ ރެލިގޭޝަން ޒޯނުން ސަލާމަތް ވުމަށް ޑިޕޯޓިވޯއަށް މުހިންމު މެޗެކެވެ.

އަނެއް ކޮޅުން ބާސެލޯނާއަށް ލީގުގެ އެއްވަނާގައި ދެމި އޮތުމަށް މިރޭގެ މެޗުން މޮޅުވުން ކޮންމެ ހެން މުހިންމެވެ.
ބާސާ މިވަގުތު އޮތީ ލީގުގެ އެއްވަނާގައެވެ.

މިއަދު އޮންލައިން