މިރޭ ޔުވެންޓަސް އާއި ދެކޮޅަށް ނިކުންނައިރު ޕޯޓޮގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވޭ.

ކިޔުމަށް ހޭދަވާނީ 1މ 37ސ
މިރޭ ޔުވެންޓަސް އާއި ދެކޮޅަށް ނިކުންނައިރު ޕޯޓޮގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވޭ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިރޭ އިޓަލީގެޔުވެންޓަސްއާ ދެކޮޅަށް ނިކުންނައިރު ޕޯޓޯގެ މުހިންމު ހަތަރު ކުޅުންތެރިންނަށް ނުކުޅެވޭތީ އެޓީމުގެ ކޯޗް ނޫނޯ އެސްޕިރީޓޯ ކަން ބޮޑުވުން ފާޅުކޮށްފިއެވެ.

މިރޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޕޯޓޯގެ ކޯޗު ނޫނޯ އެސްޕިރީޓޯ ބުނީ މިރޭގެ މެޗަކީ ވަރަށްވެސް މުހިންމު މެޗެއްކަމަށާއި މިރޭގެ މެޗުން ތަފާތު ނަތީޖާއަކުން މޮޅުވުން ނޫންގޮތެއް ނެއްކަމަށެވެ.

މިރޭގެ މަޗަކީ ފައިނަލް މެޗެއްކަމަށާއި މިރޭގެ މެޗުން މޮޅުވުމަށް ކޮންމެހެންވެސްބޭނުންނާކަމަށެވެ. އެހެންކަމުންރަނގަޅުފެންވަރުގެކުޅުންތެރިންޓީމުގައިތިބުމަކީވެސްމުހިންމު ކަމެއް ކަމަށްވެސް ނޫނޯ ބުންޏެވެ.

އޭނ އިތުރަށް ބުނީ މިރޭގެ މެޗުގައި އޭނާގެ ޓީމުގެ ފުލް އެގާރަ ކުޅުންތެރިންގެ ސަބަބުން ހަތަރު ކުޅުންތެރިންނަށް އެކި ސަބަބުތަކާހުރެ ނުކުޅެވޭނެ ކަމަށާއި އެއީ ވަރަށް ކަން ބޮޑުވާކަމެއް ކަމަށެވެ.

"މިރޭގެ މެޗަކީ މުހިންމު މެޗެއް . ފައިނަލް މެޗެއް. އަހަރުމެންނާ މި ޖެހެނީވެސް ވަރުގަދަ ޓީމަކާ އެހެން ކަމުން ހިއްވަރެއްވެސް އެބަ ކުރަންޖެހޭ. އެހެން ކަމުން މިރޭގެ މެޗުން ތަފާތު ނަތީޖާއަކުން މޮޅުވަންއެބަ ޖެހޭ. ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންނަށް މިރޭގެ މެޗު މިސް ވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް". ޕޯޓީގެ ކޯޗު ބުންޏެވެ.

މިރޭ ޕޯޓޯ ނިކުންނާނީ އިޓަލީގެ ވަރުގަދަ ބާރު ޔުވްންޓަސްއާއި ދެކޮޅަށް ރަށުން ބޭރުގައެވެ. މި ދެޓީމު ބައްދަލު ކުރި ފުރަތަމަ ލެގުގެ މެޗު 0-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޔުވެންޓަސްއެވެ. އެހެން ކަމުން މިރޭގެ މެޗުން އެޓީމު މަދުވެގެން 0-3 ގެ ނަތީޖާއިން މޮޅުވެގެން ނޫން ގޮތަކަށް ކުއާޓާ ފައިނަލް ކަށަވަރެއް ނުކުރެވޭނެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް މި ދެޓީމު ތިން ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެން އެއްފަހަރުވެސް ޕޯޓޯއިން ޔުވެންޓަސްގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ.

މިރޭ މި ދެޓީމު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12:45 ގައެވެ.

މިއަދު އޮންލައިން