ޔޫއެފަރ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިރޭ ސްޕެއިންގެސެވިއްޔާއާދެކޮޅަށްކުޅޭމެޗުގައިއެޑްވާންޓޭޖްއޮތީލެސްޓަރސިޓީއަށް ކަމަށް އެޓީމުގެ ވަގުތީ ކޯޗު ކްރެއިގް ޝޭކިސްޕެއާ ބުނެފިއެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ކްރެއިގް ބުނީ ރަށުން ބޭރުގައި 1-2 ގެ ނަތީޖާއިން ސެވިއްޔާ މެޗު ކާމިޔާބު ކުރިނަމަވެސް އަވޭ ގޯލެއް ކާމިޔާބު ކުރެވިފައި އޮތުމަކީ ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.އެހެން ކަމުން މިރޭގެ މެޗުން ރަނގަޅަށް ކުޅެ ނަތީޖާ ނެރެވިދާނެ ކަމަށްވެސް ކްރެއިގް ބުންޏެވެ.
މިރޭގެ މެޗަކީ ލެސްޓަރގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި އެޓީމުން ގަބޫލްކުރާ އިޓަލީއަށް އުފަން ކްލައުޑިއޯ ރަނިއޭރީ ކޯޗަމުން ވަކު ކުރި ފަހުން އެޓީމު ކުޅޭ ހަތަރު ވަނަ މެޗެވެ.ރަނިއޭރީ ވަކިކުރިފަހުން އެޓީމު ލީގުގައި ކުޅުނު ދެމެޗުންވެސް ވަނީ މޮޅުވެފައެވެ. ތިންވަނަ މެޗުން ބަލިވިނަމަވެސް ބަލިވެފައިވަނީ ވަރަށް ތަފާތު ކުޑަކޮށެވެ.
އެހެން ކަމުން މިރޭގެ މެޗަށް ލެސްޓަރ ނިކުންނައިރު އެޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން މިރޭގެ މެޗުން މޮޅުވެ މުބާރާތުގެ އުއާޓާފައިނަލުން ޖާގައެއް ކަށަވަރު ކުރުމަކީ ލެސްޓާގެ އެންމެ ބޮޑު އުންމީދެވެ.
ލެސްޓަރގެ ވަގުތީ ކޯޗު ކްރެއިގް ބުނީ މިރޭގެ މެޗަށް ނިކުންނައިރު ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް ކަމަށާއި ޓީމުގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށެވެ.އެހެންކަމުން މިރޭގެ މެޗުން މޮޅުވެގެން ކުއާޓަރ ފައިނަލުން ޖާގަ ހޯދުމަކީ އެންމެ ބޮޑު އެއް އަމާޒުކަމުގައި އޭނާ ބުންޏެވެ.
ސެވިއްޔާގެ ކޯޗުވެސް ވަނީ މިރޭގެ މެޗުން ލެސްޓަރ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ބުނެފައެވެ.
މިރޭ ލެސްޓަރ ސިޓީ އާއި ސެވިއްޔާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12:45 ގައެވެ. މި މެޗު ކުޅޭނީ ލެސްޓަރ ސިޓީގެ ދަނޑުގައެވެ.