ގާނާގެ ރެފްރީ ޖޯސެފްއޮޑާޓޭ ލަމްޕްޓޭ މުޅި އުމުރަށް ސަސްޕެންޑްކޮށްފި

ކިޔުމަށް ހޭދަވާނީ 56ސ
ގާނާގެ ރެފްރީ ޖޯސެފްއޮޑާޓޭ ލަމްޕްޓޭ މުޅި އުމުރަށް ސަސްޕެންޑްކޮށްފި
ގާނާގެ ރެފްރީ ޖޯސެފްއޮޑާޓޭ ލަމްޕްޓޭ މުޅި ޢުމުރަށް ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިގޮތަށް ނިންމީ މިދިޔަނޮވެމްބަރު މަހު ވަރލްޑް ކަޕް ކޮލިފައިންގައި ދެކުނު އެފްރިކާ 2-1 އިންސެނެގޯލް ބަލިކުރި މެޗުގައި އޭނާގެ ނިންމުންތައް އިންސާފުވެރިނުވެވަކިކޮޅަކަށް ޖެހިފައިހުރިކަން ޘާބިތުވުމުންނެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ނިންމާފައިވާ ގޮތުގައި އެ މެޗުގައި ރެފްރީ އޮޑާޓޭ ފަރާތުން ފެނިފައިވަނީ އެންމެ ރަނގަޅު ނިންމުތަކެއްނޫން ކަމަށެވެ. އަދި އޭނާ ވަކި ޓީމެއްގެ ކޮޅަށްޖެހިފައިވާކަން ޘާބިތުވެފައިވާ ކަމަށާއި އެހެންކަމުން ޤައުމީއަދި ބައިނަލްއަޤުވާމީ ލެވެލްގެ އެއްވެސް ހަރަކާތެއްގައި އޭނާއަށް ބައިވެރިނުވެވޭ ގޮތަށްސަސްޕެންޑްކުރުމަށް ނިންމާފައިވާ ކަމަށް ފީފާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި ފަދަ މައްސަލަތަކުގައި އަބަދުވެސް ބަލަނީ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމަށާއިބޭނުމަކީ އެހެން ރެފްރީންނަށާއި މި ފަދަ ކަންތައް ހިންގުމަށްމަސައްކަތް ކުރާ މީހުންނަށް މެސެޖެއް ދިނުން ކަމަށް ފިފާ އިން ބުންޏެވެ.

މިއަދު އޮންލައިން