މި ވަގުތަށް އެންމެ މުހިއްމު ކަމަކީ ތިބި ރެފްރީންނަށް ދޭން ޖެހޭ ހިމާޔަތް ދިނުން: ކޮލީނާ

ކިޔުމަށް ހޭދަވާނީ 1މ 19ސ
މި ވަގުތަށް އެންމެ މުހިއްމު ކަމަކީ ތިބި ރެފްރީންނަށް ދޭން ޖެހޭ ހިމާޔަތް ދިނުން: ކޮލީނާ
މި ވަގުތަށް އެންމެ މުހިއްމު ކަމަކީ ތިބި ރެފްރީންނަށް ދޭން ޖެހޭ ހިމާޔަތް ދިނުންކަމަށް ފިފާ ރެފްރީޒް ކޮމެޓީގެ ޗެއަރމަން ޕެރިލުއީޖީ ކޮލީނާ ބުނެފިއެވެ.

ފުޓްބޯޅަ ރެފްރީކަމުގައި ގިނަ ބައެއްގެ ރުހުމާއި ލޯބި ހޯދާފައިވާ އަދި ދުނިޔޭގެ އެންމެ މޮޅު ރެފްރީގެ ގޮތުގައި އަދިވެސްގިނަބަޔަކު ޤަބޫލުކުރާ ކޮލީނާ ބުނީ ރެފްރީންނަށް އިންޒާރާއި ނަފްރަތު ނެތް ޤައުމެއް އޮތްހެން ހީނުވާ ކަމަށާއި މިއީ ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ.

އޭނާ ބުނީ ގްރާސްރޫޓް ލެވަލުންފެށިގެން ރެފްރީން ތަމްރީން ކުރުމަކީފީފާގެ ވިސްނުމެއް ކަމަށާއި އެކަމުގައި ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށެވެ.
"އެއްވެސް މީހަކު ބޭނުމެއް ނުވާނެ ޒުވާން ޢުމުރުގައިކަމަކަށް ތައްޔާރުވާއިރު އިހުތިރާމާއި ލޯބި ނުލިބޭ ގޮތަކަށް ކަމެއް ކުރާކަށް" ކޮލީނާ ބުންޏެވެ.

ރެފްރީންނަށް ކުރިމަތިވާގޮންޖެހުންތަކުން އަރައިގަންނަން ޤައުމުތަކުގެ ފުޓްބޯޅައެސޯސިއޭޝަންތަކުންދޭ އެހީތެރިކަން ފާހަގަކޮށް ކޮލީނާ ބުނީ ފުޓްބޯޅަ ކުޅުންތެރިން ތަމްރީންތަކަށްއިސްކަންދޭ ގޮތަށް ފީފާއިން ރެފްރީން ކުރިއެރުވުމަށްވެސްމަސައްކަތްތަކެއް ކުރަން ވިސްނަމުން އަންނަ ކަމަށެވެ. އަދި ފުޓްބޯޅަ ރެފްރީން މަދުވުމުގެ ބިރު ބޮޑުވެފައި އޮތީ ހަމައެކަނި ވަކިސަރަހައްދުތަކަކަށް ނޫން ކަމަށާއި މިއީ މުޅި ދުނިޔެއަށްވެސް އެބައޮތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފިފާގެ ރެފްރީޒް ކޮމެޓީގެ ޗެއަރމަންކަމުގެ މަޤާމާއި މިދިޔަޖެނުއަރީ މަހު ކޮލީނާ ޙަވާލުވުމަށްފަހު، ކޮލީނާ އަންނަނީރެފްރީންގެ ތަރައްޤީއަށް ގިނަ މަސައްކަތްތައް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން