ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އިޓަލީގެ ފުޓްބޯޅަ ކުޅުންތެރިޔާ ފްރެންޗެސްކޯ ޓޮޓީ ހުރީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންނުވާފަދަ މޭރުމަކުން ވާހަކަ ދައްކައިފިއެވެ.
އިޓަލީގެ ކުލަބް ރޯމާގައިވެސް މުހިންމު ދައުރެއް އަދާކުރާ ޢުމުރުން 40 އަހަރުގެ ޓޮޓީ ބުނީ ކުރިމަގާ މެދު އަދިވެސް ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
ރޯމާ އާއެކު ޓޮޓީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާ އިރު، ރޯމާގެ ރައީސް ޖޭމްސްޕަލޯޓާ ދާދި ފަހުން ވިދާޅުވީ ކްލަބުގެ ޑިރެކްޓަރެއްގެ ގޮތުގައިމަސައްކަތްކުރުމަށް ޓޮޓީއަށް 6 އަހަރުގެ ކޮންޓްރެކްޓެއް ތައްޔާރަށްއޮތް ކަމަށެވެ.
އެހެންނަމަވެސް ޓޮޓީ ބުނީ ރޯމާގެ ޑިރެކްޓަރުންގެ ބޯޑާ އަހަރެއްގެ ތެރޭގައި ގުޅެވިދާނެ ކަމަށާއި އޭގެ ކުރިން އަދިވެސް ފުޓްބޯޅަކުޅުމުގައި ހޭދަކުރެވިދާނެ ކަމަށެވެ.
ޓޮޓީ މިހެން ބުނެފައިވާ އިރު، މި ފަހަކަށް އައިސް ރޯމާއިން އޭނާއަށް ލިބެމުން އަންނަ ފުރުޞާތުތައް އަންނަނީ މަދުވަމުން ނެވެ.