ޕޮޑޯލްސްކީ ޖަރުމަން ޤައުމީ ޓީމަށް ކުޅެދިން އެންމެ ފަހުމެޗުގައިވެސް ލަނޑުޖަހާ، ހިނިތުންވުން ގެނުވައިފި

ކިޔުމަށް ހޭދަވާނީ 38ސ
ޕޮޑޯލްސްކީ ޖަރުމަން ޤައުމީ ޓީމަށް ކުޅެދިން އެންމެ ފަހުމެޗުގައިވެސް ލަނޑުޖަހާ، ހިނިތުންވުން ގެނުވައިފި
ލޫކަސް ޕޮޑޯލްސްކީ ޖަރުމަން ޤައުމީ ޓީމަށް ކުޅެދިން އެންމެ ފަހުމެޗުގައިވެސް ލަނޑުޖަހާ، ހިނިތުންވުން ގެނުވައިފިއެވެ.

ލޫކަސް ޕޮޑޯލްސްކީ ޖަރުމަންގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ އެ ޤައުމުން އިނގިރޭސިންނާ ދެކޮޅަށް ރޭ ކުޅުނު މެޗަށްފަހުއެވެ. ރޭ އެޓީމުން ކުޅުނު މެޗު އިނގިރޭސިންގެ މައްޗަށް ކާމިޔާބުކޮށްފައިވަނީ 0-1 ލަނޑުންނެވެ. މި މެޗުގައި ޖަރުމަނުން ޖެހި ހަމއެކަނު ލަނޑު ޖަހައިދިނީވެސް ލޫކަސް ޕޮޑޯލްސްކީ އެވެ.

ޖަރުމަންގެޤައުމީ ޓީމުގައި 2004 ވަނަ އަހަރުން ފެށިގެން މުހިންމު ދައުރެއްއަދާކުރަމުންދިޔަ ޕޮޑޯލްސްކީ ވަނީ ރޭގެ މެޗަށްފަހު ޤައުމީ ޓީމަށް ކުޅުންހުއްޓާލާފައިވާ އިރު، އޭނާ ވަނީ ޤައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކޮށް، ގިނަ ކާމިޔާބީތަކެއްވެސް ހޯދައިދީފައެވެ.
މިއަދު އޮންލައިން