ހޮލެންޑްގެ ކޯޗް ކަމުން ޑެނީބްލިންޑް ވަކި ކޮށްފި

ކިޔުމަށް ހޭދަވާނީ 50ސ
ހޮލެންޑްގެ ކޯޗް ކަމުން ޑެނީބްލިންޑް ވަކި ކޮށްފި


ހޮލެންޑްގެ ކޯޗް ކަމުން ޑެނީބްލިންޑް ވަކި ކޮށްފިއެވެ.

އޭނާ އެ މަޤާމުން ވަކިކޮށްފައިމިވަނީ ކޮލިފައިންގައި ބަލްގޭރިއާއަތުން 2-0 ގެ ނަތީޖާއަކުން ބަލިވިތާ، 24 ގަޑިއިރު ވެސް ނުވެ، އަންނަ އަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަރލްޑްކަޕަށްކޮލިފައި ވުމުގެ ބިރު ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި ބައްޔާއެކުއެއްވަނައިގައި އޮތް ފްރާންސަށްވުރެ 6ޕޮއިންޓް ފަހަތުގައި އޮވެ، ހޮލެންޑް ވަނީ ގުރޫޕްގެ 4 ވަނައަށް ވެއްޓިފައެވެ.

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ހޮލެންޑްގެ ޤައުމީ ޓީމު ދޫކޮށްލާދެ ވަނަ ކޯޗަށް ބްލިންޑްވާ އިރު، ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވަރލްޑްކަޕްގައި ތިން ވަނަ ހޮލެންޑުން ހޯދިގޮތަށް މިދިޔަ އަހަރުބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްވެސް އެޓީމު ކޮލިފައި ނުވާކަން ފާހަގަ ފާހަގަކޮށްލެވެއެވެ.
ހޮލެންޑުން އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެޓީމަށް އިރުޝާދު ދެނީ ފްރިޑް ގްރިމް އެވެ.
މިއަދު އޮންލައިން