ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ލައިނޮލް މެސީއަށް 4 މެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފިއެވެ.
އޭނާއަށް ސަސްޕެންޝަން އައީ ވަރލްޑް ކަޕް ކޮލިފައިންގައި މިމަހުގެ 24 ވަނަ ދުވަހު ޗިލީ އާ ބައްދަލުކުރި މެޗުގައި އެސިސްޓެންޓް ރެފްރީ އާބޭއަދަބީ ބަހުން މުޚާތަބު ކުރުމުންނެވެ.
ޗިލީ އަތުން 1-0 ލަނޑުން މޮޅުވި މެޗުގައި މެސީގެ މި ޢަމަލު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެމުން އެ ކޮމިޓީން އޭނާގެ މައްސަލަ ބެލުމަށްފަހު، ފިފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މެޗުގެ ދެވަނަ ހާފުގައި މެސީ ފައުލް ކުރިކަމަށްބުނެ އެސިސްޓެންޓް ރެފްރީ ދިދަ ނެގުމުން މެސީ އެސިސްޓެންޓް ރެފްރީއާ ބޭއަދަބީ ބަހުން މުޚާތަބު ކޮށްފައިވާ ކަމަށެވެ. އަދި މެސީ މުޚާތަބު ކޮށްފައިވަނީ ކުޅިވަރުގެ ރޫހާއި ޚިލާފަށް ކަމަށް ވީޑިއޯ އިންވެސް އެނގޭ ކަމަށާއި އެހެންވެ، ވާދަވެރި ހަތަރު މެޗަށް މެސީ ސަސްޕެންޑް ކުރުމާއެކު 8100 ޕައުންޑުން ޖޫރިމަނާކުރާ ކަމަށެވެ.
މެޗަށް ފަހު މެސީ ވަނީ އެ އެސިސްޓެންޓް ރެފްރީ އާ ސަލާމްކުރުމަށްވެސް ދެކޮޅުހަދާފައެވެ.