ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި ނެދަލެންޑްސް އަތުން އިޓަލީ މޮޅުވި އިރު، އެ ޤައުމުގެ ޖިއަންލުއިޖީ ޑޮންނަރުއްމާ ވެސް ތާރީޚުގެ ތެރޭގައި ހިމެނިއްޖެއެވެ.
ރޭ ކުޅުނު މި މެޗުގައި އިޓަލީ 1-2 ން މޮޅުވި އިރު، ޖިއަންލުއިޖީ ޑޮންނަރުއްމާ އިޓަލީގެ ތާރީޚުން ޖާގަހޯދީ އިޓަލީ ޤައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ޒުވާން ގޯލްކީޕަރުގެ ޝަރަފް ލިބުމުންނެވެ.
މި މެޗުގައި ޑޮންނަރުއްމާ އިޓަލީގެ ގޯލް ބެލެހެއްޓި އިރު، އޭނާގެ ޢުމުރަކީ 18 އަހަރާއި 1 މަހާއި 5 ދުވަހެވެ. މި ރެކޯޑް ކުރިން އޮތް ބުފޮން އެންމެ ފުރަތަމަ ގޯލް ބެލެހެއްޓީ ޢުމުރުން 20 އަހަރުގައެވެ.