މެސީއެއް ކަމަކު ކުށެއް ކޮށްފިއްޔާ އަދަބުދޭން ޖެހޭނެ – ޤަވާޢިދުގައި ވަކި މީހަކު އިސްތިސްނާއެއް ނުވޭ

ކިޔުމަށް ހޭދަވާނީ 1މ 27ސ
މެސީއެއް ކަމަކު ކުށެއް ކޮށްފިއްޔާ އަދަބުދޭން ޖެހޭނެ – ޤަވާޢިދުގައި ވަކި މީހަކު އިސްތިސްނާއެއް ނުވޭ
އާޖެންޓީނާގެ ޤައުމީ ކެޕްޓަން ލިއޮނަލް މެސީ ސަސްޕެންޑްކޮށް ޖޫރިމަނާ ކުރުމުން އާޖެންޓީނާގެ ކޯޗުގެ ކޯޗު އެޑްގާޑޯ ބޯޒާގެ އުދާސްތައް ފިފާއަށް ބަންޑުންކޮށްލައިފިއެވެ.

ވާދަވެރި ހަތަރު މެޗަށް ސަސްޕެންޑްކޮށް 8100 ޕައުންޑުން މެސީ ޖޫރިމަނާ ކުރީ ވަރލްޑް ކަޕް ކޮލިފައިންގައި މިމަހުގެ 24 ވަނަ ދުވަހު ޗިލީ އާ ބައްދަލުކުރިމެޗުގައި އެސިސްޓެންޓް ރެފްރީ އާބޭއަދަބީ ބަހުން މުޚާތަބު ކުރުމުންނެވެ.

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބޯޒާ ފީފާ އަށް ފާޑުކިޔަމުން ބުނެފައިވަނީ މެސީ އަރުވައިގެންކުޅެން ރާވާފައި އޮއްވައި އޭނާއަށް ސަސްޕެންޝަން މިއައީ މެޗު ފެށެންކުޑަތަން ވެފައި ވަނިކޮށް ކަމަށާއި މިއީ ފިފާއަށް އެއް ދުވަހުންވެސް ކުރެވޭނެކަމެއް ކަމަށެވެ.

"މިކަމަށް އެޕީލް ކުރާނެ ފުރުސަތެއްވެސް ނުދީ އެކަން ނިންމާލީ. ކަންހިނގީ ބްރާސްފަތި ދުވަހު. އެކަމުގް އަދަބު ކަނޑައެޅި އަންގާރަ ދުވަހު" ކޯޗު ބޯޒާ ބުންޏެވެ.

އޭނާބުނީ ކުރިއަށް އޮތް މެޗު އެހާ ގާތްވެފައި އޮއްވާ މިގޮތަށް ކަންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލްކުރާނެ ކަމަށެވެ.

މެސީގެ އެޕީލް ކާމިޔާބު ނުވެއްޖެނަމަ ކޮލިފައިންގައި އާޖެންޓީނާ ދެން ކުޅޭ 4 މެޗުގެ ތެރެއިން 3މެޗު ގެއްލޭ އިރު، އެއީ ރަށުން ބޭރުގައި އުރުގުއޭއާ ދެކޮޅަށްކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވެނެޒުއޭލާ އާއި ޕެރޫއާ ދެކޮޅަށް ކުޅޭމެޗެވެ.

އާޖެންޓީނާ ކޮލިފައިން ތާވަލުގެ 5 ވަނައަށް ވެއްޓިފައިވާ އިރު، ދެކުނު އެމެރިކާ ފަޅިންއަންނަ އަހަރު ރަޝިޔާގައި ބާއްވާ ވަރލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނީ ގަދަ 4 ޓީމަށެވެ. ފަސްވަނައަށް ދާ ތީމު ޖެހޭނީ ޕްލޭ އޮފް ކުޅޭށެވެ.

މިއަދު އޮންލައިން