ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އާޖެންޓީނާ ވިންގާ އެރިކް ލަމޭލާ އަށް އަނިޔާވެ ސީޒަން ނިންމާލަން ޖެހިއްޖެއެވެ.
ލަމޭލާއަށް އަނިޔާވެފައިވަނީ 2016 ވަނަ އަހަރުގެ އިކްޓޫބަރ މަހުގައެވެ.
އޭނާގެ އުނަގަނޑަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެން އަދި މިހާތަނަށްއެއްވެސް މެޗެއް ކުޅެފައި ނުވާއިރު މި ސީޒަންގައި އޭނާއަށް އެއްވެސް މެޗެއްނުކުޅެވޭނެއެވެ.
ޓޮޓެންހަމް އިން ބުނީ ލަމޭލާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އެހެންނަމަވެސް އަލުން ޓްރެއިނިންނަށް ނިކުމެވޭ ވަރަށް ލަމޭލާ ފިޓްނުވާ ކަމަށެވެ. އަދި އަނިޔާގެ މައްސަލަ ހައްލު ކުރުމަށް ލަމޭލާ ހޮނިހިރު ދުވަހުއޮޕަރޭޝަނެއް ވެސް ކުރަންނިންމާފައިވާކަމަށެވެ.
2013 ވަނަ އަހަރު އިޓަލީގެ ރޯމާއިން ޓޮޓެންހަމް އަށް ބަދަލުވި ލަމޭލާ ވަނީ މިދިޔަ ސީޒަންގައި ޓޮޓެންހަމަށް 13 ލަނޑު ޖަހައިދީފަ އެވެ.
އެހެން ނަމަވެސް މި ސީޒަނުގައި އޭނާ ކުޅުނު 12 މެޗުގައި ކާމިޔާބުކުރެވިފައިވަނީ އެންމެ 2 ގޯލެވެ