މިއާމީ އޯޕެން ޓެނިސް މުބާރާތުގެ ފައިނަލަށް ރަފެލް ނަޑާލް އާއި ރޮޖަރ ފެޑެރާ ދަތުރުކޮށްފިއެވެ.
ރަފެލް ނަޑާލް ފައިނަލުން ޖާގަ ހޯދީ ސެމީގައި ވާދަވެރި ކުޅުމަކަށްފަހު، އިޓަލީގެ ފަބިއޯ ފޮގްނީނީގެ މައްޗަށް 6-1، 7-5 އިން ކުރިހޯދައިގެންނެވެ. ރޮޖަރ ފެޑެރާ ފައިނަލުން ޖާގަ ހޯދީ 7-6، 6-7، 7-6 ން ކިރްގިއޯސް ބަލިކޮށްފައެވެ.
މިއާމީ އޯޕަމްގައި މީގެ ކުރިން ފަސް ފަހަރަށް ނަޑާލް ވާދަކޮށްފައިވީ ނަމަވެސް މި މުބާރާތް އޭނާއަށް ކާމިޔާބު ކުރެވިފައެއް ނެތެވެ.
އެހެންނަމަވެސް ރޮޖަރ ފެޑެރާ ވަނީ 2005 އާއި 2006 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.