އަންނަ ސީޒަނުގައި ޖޯޖް ސަމްޕައޯލީ ބާސެލޯނާ އާގުޅިދާނެކަމުގެ ފެހި ސިގްނަލްދީފި

ކިޔުމަށް ހޭދަވާނީ 48ސ
އަންނަ ސީޒަނުގައި ޖޯޖް ސަމްޕައޯލީ ބާސެލޯނާ އާގުޅިދާނެކަމުގެ ފެހި ސިގްނަލްދީފި
އަންނަ ސީޒަނުގައި ޖޯޖް ސަމްޕައޯލީ ބާސެލޯނާ އާގުޅިދާނެކަމުގެ ފެހި ސިގްނަލްދީފިއެވެ.

އޭނާގެ ފެހި ސިގްނަލް ލިބިފައިމިވަނީ މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ލުއިސް އެންރީކޭ ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަދި ބާސެލޯނާގެ ފޯވަރޑް ލިއޮނަލް މެސީއަށް ކޯޗުކޮށްދޭން ބޭނުންވާ ކަމުގެ އިޝާރާތެއް ކޯޗު ޖޯޖް ސަމްޕައޯލީ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

2015 ވަނަ އަހަރު އާޖެންޓީނާ ބަލިކޮށް ކޮޕަރ އެމެރިކާ ޗިލީއަށް ކާމިޔާބުކޮށްދީފައިވާ އިރު، ފީފާ އިން ހޮވި އެންމެ މޮޅު ކޯޗުގެ މަޤާމަށް ޝޯޓްލިސްޓް ކުރި 3 ކޯޗުންގެ ތެރޭގައި ސަމްޕައޯލީ ވަނީ ހިމެނިފައެވެ.

ސެވިއްޔާ އާ އޭނާ ހަވާލުވީ މިދިޔަ އަހަރުއެވެ. އަދި އޭނާގެ އިރުޝާދާއެކު ސްޕެނިޝް ލީގުގެ ތިން ވަނައިގާ ސެވިއްޔާ އޮތް އިރު، ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް ބާސެލޯނާއަށް އެންމެ ވަރުގަދަ ފައިޓެއް ދެމުން އަންނަނީވެސް އެ ޓީމުންކަން ފާހަގަކޮށްލެވެއެވެ.
މިއަދު އޮންލައިން