މި މެޗު އެޓީމުން ކާމިޔާބުކުރީ 1-4 ން މޮނާކޯ ބަލިކޮށްގެންނެވެ.
ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް ކާމިޔާބުކޮށްދީ މެޗުގެ ލީޑުނަގައި ދިނީ މެޗުގެ 4 ވަނަ މިނެޓުގައި ޑިމަރިޔާ ދިން ޕާހަކުން ޑްރެކްސްލާއެވެ.
މެޗުގެ ކުރީކޮޅު ގޯލެއް ޖަހާ ޕީއެސްޖީން ލީޑު ނެގިނަމަވެސް މެޗުގެ 27 ވަނަ މިނެޓްގައި، ތޯމަސް ލެމާ ވަނީ މޮނާކޯއަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެޓީމަށް އެއްވަރުކޮށްދީފައެވެ.
އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ދެވަނަ ފަހަރަށް، ޕީއެސްޖީއަށް މެޗުގެ ލީޑު ނަގައިދިނީ ޑިމަރިޔާއެވެ.
ޕީއެސްޖީން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ މެޗުގެ ތިންވަނަ ގޯލާއި ހަތަރު ވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ކަވާނީއެވެ.
ރޭގެ މެޗުން މޮނާކޯ ބަލިވިއިރު މި މެޗުގައި އެޓީމަށް މި ސީޒަނުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން އިތުބާރު ފޯވާޑް ރަޑަމެލް ފަލްކާއޯ މެޗުގެކުރިން ލިބުނު އަނިޔާއެއްގެ ސަބަބުން މި މެޗުގައި ނުކުޅެއެވެ.
މޮނާކޯ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.