މިއާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރޮޖަރ ފެޑެރާރ ހޯދައިފި
ރަފައެލް ނަޑާލް ބަލިކޮށް މިއާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރޮޖަރ ފެޑެރާރ ހޯދައިފިއެވެ.
ފެޑެރާރ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 6-36-4 ން ސެޓުތައް ގެންގޮސްގެންނެވެ.
މި އަހަރު މިހާތަނަށް ކުޅުނު 20 މެޗުގެތެރެއިން 19 މެޗުން ފެޑެރާރ މޮޅުވެފައިވާ އިރު، މިއީ އޭނާ އަށްހުރިހާ ގޮތަކުންވެސް ތަފާތު ކާމިޔާބީތަކެއް ޙާޞިލްކުރެވެމުންދާ އަހަރެއްކަމަށް އޭނާ ވަނީ ބުނެފައެވެ.
"މި ކާމިޔާބީއަށް އަހަރެންގެ ކޯޗުންނާއި ޢާއިލާ އަދި ރައްޓެހިންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން" ފެޑެރާ ބުންޏެވެ.
ޢުމުރުން 35 އަހަރުގެ ފެޑެރާރގެ ކަކުލަށް ލިބުނު އަނިޔާއިން އަރައިގަތުމަށްފަހު، ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމްމުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތާއި މިދިޔަ މަހު އޮތް އިންޑިއަން ވެލްސް މުބާރާތްވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.