އުމުރުން 12 އަހަރުގެ ބްރައިނާއަށް "އުސެން ބޯލްޓް" ގެ ލަގަބު ލިބިއްޖެ

ކިޔުމަށް ހޭދަވާނީ 50ސ
އުމުރުން 12 އަހަރުގެ ބްރައިނާއަށް "އުސެން ބޯލްޓް" ގެ ލަގަބު ލިބިއްޖެ
ޖަމައިކާއަށް އުފަން، އުމުރުން 12 އަހަރުގެ ބްރައިނާ ލައިސްޓަން، "އުސެން ބޯލްޓް" ގެ ލަގަބު ހޯދައިފިއެވެ.

ޔޫކޭ ޑެއިލީމެއިލް ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ބްރައިނާ ވަނީ ކިންގްސްޓަންގައި ބޭއްވި ކްލާސް ހަތަރެއްގެ 200 މީޓަރު މެރެތަންގައި ބައިވެރިވެ އެއްވަނަ ހޯދާފައި ކަމަށާއި، ބްރައިނާ އަށް 1988 ވަނަ އަހަރު ސީނިއަރ ވޯލްޑް ރިކޯޑު ފްލޮރެންސް ގްރިފިތު ޖޮއިނަރ ގެ ރިކޯޑު މުގުރާ ނުލެވިިއިނީ އެންމެ ދެ ސިކުންތުގެ ތަފާތަކުން ކަމަށެވެ.

ބްރައިނާ މެރެތަން ރޭސް ނިންމީ 23.72 ސިކުންތުންނެވެ. އެއީ މިރޭހުގައި އޭނާއާއި ދެން އެންމެ ގާތްކޮށް ވާދަކުރި އޮނެއިކާ މިކް އެނުފް އަށްވުރެ 0.88 ސިކުންތު ކުރިންނެވެ.

މީގެ ދެ އަހަރު ކުރިން ބްރައިނާ ބައިވެރިވި ކެރިބިއަން ޔޫނިއަން ޓީޗަރސް ޗެމްޕިއަންޝިޕްސް މެރެތަން، ބްރައިނާ ނިންމާފައިވަނީ 42.41 ސިކުންތުގެ ތެރޭގައެވެ. އޭރުގެ އޭނާގެ އުމުރަކީ 10 އަހަރެވެ.
މިއަދު އޮންލައިން