ފަހުވަގުތު އިބްރަހިމޮވިޗް ކާމިޔާބު ކުރި ލަނޑުން ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ.

ކިޔުމަށް ހޭދަވާނީ 1މ 19ސ
ފަހުވަގުތު އިބްރަހިމޮވިޗް ކާމިޔާބު ކުރި ލަނޑުން ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރޔުނައިޓެޑްކުޅުނުމެޗުއެއްވަރުވެގެންނިމިއްޖެއެވެ.

އެވަޓަންއާ ދެކޮޅަށް ޔުނައިޓެޑު ރޭކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ، ފުރަތަމަ ހާފްގައިދެ ޓީމުގެ ފަރާތުން ވެސް ދާދިހަމަހަމަކުޅުމެއްފެނިގެންދިޔައިރުމެޗުގެފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އެވަޓައިންނެވެ.

މެޗުގެ 22 ވަނަ މިނެޓްގައި އެވަޓަންއިން ލީޑުނެގި މި ލަނޑު ކާމިޔާބުކޮށްދިނީ، އެޓީމުގެ ޑިފެންޑަރު ފިލް ޖަކިއެލްކާއެވެ.

ފުރަތަމަ ހާފް ނިމުމުގެކުރިން ނަތީޖާ އެއްވަރުކޮށްލަން، ޔުނައިޓެޑަށް ވަނީދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އޭގެތެރެއިން އެއް ހަމަލާ ގޯލުގެދަނޑިއަށް އަމާޒުވިއިރު އަނެއް ހަމަލާ ވަނީ ކީޕަރު ދިފާއުކޮށްފައެވެ.

އެވަޓަން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ނަތީޖާއެއްވަރުކުރުމަށް ޔުނައިޓެޑުން ދިޔައީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޔުނައިޓެޑު ނަތީޖާއެއްވަރުކުރީ މެޗުގެ އެންމެފަހުވަގުތުކޮޅުގެތެރޭގައި ލިބުނު ޕެނަލްޓީއަކުން ޒްލަޓާންއިބްރަހިމޮވިޗްއެވެ.

ޔުނައިޓެޑަށް މި ޕެނަލްޓީ ލިބުނީ، އެވަޓަންގެ އޭޝްލީ ވިލިއަމްސް ގަސްތުގައިބޯޅައިގައި އަތްލުމުން ކަމަށްވާއިރު، ރެފްރީ ވަނީ އޭނާއަށް ރަތްކާޑުދައްކާފައެވެ.

ރޭގެ މެޗާއެކީ ޔުނައިޓެޑުން މިހާރު ވަނީ، ލީގުގައި ބަލިނުވެ 20 މެޗުފުރިހަމަކޮށްފައެވެ. އެ 20 މެޗުގެ ތެރެއިން، 10 މެޗުން ޔުނައިޓެޑް ވީއެއްވަރުކަން ފާހަގަކޮށްލެވެއެވެ.

ރޭގެ ނަތީޖާއާއެކު ޔުނައިޓެޑް އޮތީ، 54 ޕޮއިންޓާއެކީ ލީގުގެފަސްވަނައިގައެވެ. ނަމަވެސް މިރޭ އާސެނަލް ކުޅޭ މެޗުން، އެޓީމުމޮޅުވެއްޖެނަމަ ޔުނައިޓެޑް، ހަވަނަ މަގާމަށް ވެއްޓޭނެއެވެ. އެވަޓަން އޮތީ51 ޕޮއިންޓާއެކީ ލީގުގެ ހަތްވަނައިގައެވެ.
މިއަދު އޮންލައިން