އިބްރަހިމޮވިޗްގެ ކަކުލަށް އަނިޔާވެ މިއަހަރުގެ ނިޔަލަށް ކުޅުމާއިދުރަށް ދާންޖެހިއްޖެ

ކިޔުމަށް ހޭދަވާނީ 58ސ
އިބްރަހިމޮވިޗްގެ ކަކުލަށް އަނިޔާވެ މިއަހަރުގެ ނިޔަލަށް ކުޅުމާއިދުރަށް ދާންޖެހިއްޖެ
މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވަރޑް އިބްރަހިމޮވިޗްގެ ކަކުލަށް އަނިޔާވެ މިއަހަރުގެ ނިޔަލަށް ކުޅުމާއިދުރަށް ދާންޖެހިއްޖެއެވެ.

އޭނާގެ ކަކުލަށް އަނިޔާވީ ޔުރޮޕަރ ލީގުގައި ބުރާސްފަތި ދުވަހުގެރޭ އެންޑަލެކްޓް އަތުން 2-1 އިންޔުނައިޓެޑް މޮޅުވި މެޗުގައި ބޯޅައެއްހޯދުމަށް ފުންމައިގެން އެރުމަށް ފަހު ތިރިވި ވަގުތު ކަކޫ ނުއަތަށްލެނބިގެންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާގެ ކަކުލުގެ ކްރުޝިއޭޓް ލިގަމެންޓަށް ގެއްލުންލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އަނިޔާގެ ތަފްސީލެއް ޔުނައިޓެޑުން އަދިހާމައެއް ނުކުރެއެވެ.

ހިލޭ ޓްރާންސްފަރއެއްގެ ދަށުން މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު އިބްރަހިމޮވިޗް ވަނީ 46 މެޗުން28 ގޯލް ޖަހާފައެވެ. އަދި އެ ޓީމުގައިމިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރީވެސް އޭނާއެވެ.

މި ސީޒަނަށް ފަހު ޔުނައިޓެޑް ދޫކޮށް،އެމެރިކާގެ މޭޖަރ ލީގަށް ބަދަލުވާނެކަމުގެ އަޑުތައް ފެތުރިފައިވާ އިބްރަހިމޮވިޗަށް އަނިޔާވުމުން އޭނާގެ ކުރިމަގާ މެދު މިވަނީ ސުވާލު އުފެދިފައެވެ.

ލިގަމެންޓަށް ލިބުނު ގެއްލުމަށް ފަރުވާހޯދަން އޮޕަރޭޝަނެއް ކުރަން ޖެހޭއިރު އެއަށް ފަހު ދިގު މުއްދަތުގެރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. އާއްމުކޮށްމިފަދަ އަނިޔާތަކަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އަންނަ 6 މަހާއި 8މަހާ ދެމެދުގެ މުއްދަތެއް ނަގައެވެ.
މިއަދު އޮންލައިން